ތަކްފީރީ ޚަވާރިޖު މާރިޤާއިން “ތަކްފީރީ-ޖިހާދީން” ދެކޮޅަށް ޖިހާދުކުރުމުގެ ވާޖިބު – ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله
﷽. އެންމެހައި ޙަމްދު ތަޢުރީފެއް ލިބިވޮޑިގެންވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އެކަލާނގެއީ ނޫޙު, އިބްރާހީމް، މޫސާ، ޢީސާ عَلَيْهِمُ الصَّلَاةُ وَالسَّلَامُ އަދި މުޙައްމަދު ﷺ ވެރި ރައްބެވެ. އެއަށްފަހު ބުނަމެވެ.
شيخ الإسلام ابن تيمية (661–728 هـ) رحمه الله ވިދާޅުވިއެވެ.
وَقَدْ ثَبَتَ عَنْهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ وُجُوهٍ كَثِيرَةٍ أَنَّهُ أَمَرَ بِقِتَالِ الْخَوَارِجِ
فَفِي الصَّحِيحَيْنِ { عَنْ عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ قَالَ : سَمِعْت رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : سَيَخْرُجُ قَوْمٌ فِي آخِرِ الزَّمَانِ أَحْدَاثُ الْأَسْنَانِ سُفَهَاءُ الْأَحْلَامِ يَقُولُونَ مِنْ قَوْلِ خَيْرِ الْبَرِيَّةِ لَا يُجَاوِزُ إيمَانُهُمْ حَنَاجِرَهُمْ يَمْرُقُونَ مِنْ الدِّينِ كَمَا يَمْرُقُ السَّهْمُ مِنْ الرَّمِيَّةِ فَأَيْنَمَا لَقِيتُمُوهُمْ فَاقْتُلُوهُمْ فَإِنَّ فِي قَتْلِهِمْ أَجْرًا لِمَنْ قَتَلَهُمْ يَوْمَ الْقِيَامَةِ }
“އަދި ހަމަކަށަވަރުން ނަބިއްޔާ ﷺ ގެ ކިބައިން ގިނަގުނަ ގޮތްގޮތުން ސާބިތުވެގެންވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނު ޚަވާރިޖުންނާ ހަނގުރާމަކުރުމަށް އަމުރުކުރެއްވިކަމެވެ. ފަހެ، ދެ ޞަޙީޙުގައި ވެއެވެ. ޢަލީ ބިން އަބީ ޠާލިބު رَضِيَ اللَّهُ عَنْهُ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ. “ފަހު ޒަމާނުގައި ބަޔަކު ނުކުންނާނެއެވެ. އެއީ ޅަފުރައިގެ، ބުއްދި ކުޑަ ބައެކެވެ. އެބައިމީހުން މަޚްލޫޤުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހާގެ (ނަބިއްޔާ ﷺ ގެ) ބަސްފުޅުތަކުން (ހަދީޘްތައް ގެނެސް) ވާހަކަދައްކާނެއެވެ. އެބައިމީހުންގެ އީމާންކާންކަން އެބައިމީހުންގެ ކަރު ތިރިއަށް ފައިބައެއް ނުދާނެއެވެ. އެބައިމީހުން ދީނުން ބޭރުވެގެންދާނީ، ތީރު ޝިކާރުގެ ހަށިގަނޑުން ނުކުމެގެންދާ ފަދައިންނެވެ. ފަހެ، ތިޔަބައިމީހުންނަށް އެބައިމީހުން ފެނިއްޖެ ކޮންމެ ތަނެއްގައި، އެބައިމީހުން ޤަތުލުކުރާށެވެ. ހަމަކަށަވަރުން އެބައިމީހުން ޤަތުލުކުރުމުގައި، ޤިޔާމަތް ދުވަހު އެބައިމީހުން ޤަތުލުކުރި މީހަކަށް އަޖުރު ހުއްޓެވެ.”
وَفِي رِوَايَةٍ لِمُسْلِمِ { عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ قَالَ : سَمِعْت رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : يَخْرُجُ قَوْمٌ مِنْ أُمَّتِي يَقْرَءُونَ الْقُرْآنَ لَيْسَ قِرَاءَتُكُمْ إلَى قِرَاءَتِهِمْ بِشَيْءِ وَلَا صَلَاتُكُمْ إلَى صَلَاتِهِمْ بِشَيْءِ يَقْرَءُونَ الْقُرْآنَ يَحْسَبُونَ أَنَّهُ لَهُمْ وَهُوَ عَلَيْهِمْ لَا تُجَاوِزُ قِرَاءَتُهُمْ تَرَاقِيَهُمْ يَمْرُقُونَ مِنْ الْإِسْلَامِ كَمَا يَمْرُقُ السَّهْمُ مِنْ الرَّمِيَّةِ لَوْ يَعْلَمُ الْجَيْشُ الَّذِينَ يُصِيبُونَهُمْ مَا قَضَى لَهُمْ عَلَى لِسَانِ نَبِيِّهِمْ لَنَكَلُوا عَنْ الْعَمَلِ }
“އަދި މުސްލިމްގެ ރިވާޔަތެއްގައިވެއެވެ. ޢަލީ رَضِيَ اللَّهُ عَنْهُ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ. “ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ބަޔަކު ނުކުންނާނެއެވެ. އެބައިމީހުން ޤުރުއާން ކިޔަވާނެއެވެ. ތިޔަބައިމީހުންގެ ކިޔެވުމަކީ އެބައިމީހުންގެ ކިޔެވުމާ އަޅާބަލާއިރު އެއްޗެއް ނޫނެވެ. އަދި ތިޔަބައިމީހުންގެ ނަމާދަކީ އެބައިމީހުންގެ ނަމާދާ އަޅާބަލާއިރު އެއްޗެއް ނޫނެވެ. އެބައިމީހުން ޤުރުއާން ކިޔަވާނެއެވެ. އެބައިމީހުން ހީކުރާނީ އެއީ އެބައިމީހުންގެ ފަރާތަށް (ހެޔޮކަމެއްގެ ގޮތުގައި) ވާނެ ކަމެއް ކަމަށެވެ. އެކަމަކު، އެއީ އެބައިމީހުންގެ މައްޗަށް (ނުބައިކަމެއްގެ ގޮތުގައި) ވާނެ ކަމެކެވެ. އެބައިމީހުންގެ ކިޔެވުން އެބައިމީހުންގެ ކަރުގަނޑުން ފައިބައެއް ނުދާނެއެވެ. އެބައިމީހުން އިސްލާމްދީނުން ބޭރުވެގެންދާނީ، ތީރު ޝިކާރުގެ (ހަށިގަނޑުން) ނުކުމެގެންދާ ފަދައިންނެވެ. އެބައިމީހުންނާ ހަނގުރާމަކުރާ ލަޝްކަރަށް، އެބައިމީހުންގެ ނަބިއްޔާގެ ދުލުން އެބައިމީހުންނަށް ކަނޑައެޅިފައިވާ (ދަރުމައިގެ) ވާހަކަ އެނގޭނަމަ، އެބައިމީހުން (އެ ހަނގުރާމައިގެ) ޢަމަލު ދޫކޮށްނުލައިފީހެވެ.”“
وَعَنْ أَبِي سَعِيدٍ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي هَذَا الْحَدِيثِ : { يَقْتُلُونَ أَهْلَ الْإِسْلَامِ وَيَدَعُونَ أَهْلَ الْأَوْثَانِ ؛ لَئِنْ أَدْرَكْتهمْ لَأَقْتُلَنَّهُمْ قَتْلَ عَادٍ } مُتَّفَقٌ عَلَيْهِ
“އަދި އަބޫ ސަޢީދުގެ ކިބައިން، ރަސޫލުﷲ ﷺ ގެ ކިބައިން މި ޙަދީޘްގައި ރިވާވެގެންވެއެވެ: ‘އެބައިމީހުން އިސްލާމުންނާ ހަނގުރާމަކޮށް ޤަތުލުކުރާނެއެވެ. އަދި ބުދަށް އަޅުކަންކުރާ މީހުން ދޫކޮށްލާނެއެވެ. ތިމަންކަލޭގެފާނަށް އެބައިމީހުން ފެނިއްޖެނަމަ، ހަމަކަށަވަރުން ތިމަންކަލޭގެފާނު އެބައިމީހުން ޤަތުލުކުރާނީ ޢާދު ޤައުމު ހަލާކުކުރި ފަދައިންނެވެ.’ މުއްތަފަޤުން ޢަލައިހި ޙަދީޘެކެވެ.
وَفِي رِوَايَةٍ لِمُسْلِمِ : { يَكُونُ أُمَّتِي فِرْقَتَيْنِ فَتَخْرُجُ مِنْ بَيْنِهِمَا مَارِقَةٌ يَلِي فَتُلْهِمَ أَوْلَى الطَّائِفَتَيْنِ بِالْحَقِّ } .
އަދި މުސްލިމްގެ ރިވާޔަތެއްގައިވެއެވެ ‘ތިމަންކަލޭގެފާނުގެ އުއްމަތް ދެބަޔަކަށް ބެހިގެންދާނެއެވެ. ދެން އެ ދެބައިމީހުންގެ ތެރެއިން މާރިޤުން (ދީނުން ބޭރުވެގެންދާ ބަޔަކު) ނުކުންނާނެއެވެ. އެ ދެބައިމީހުންކުރެ ޙައްޤާ އެންމެ ކައިރި ބަޔަކު އެބައިމީހުންނާ ހަނގުރާމަކުރާނެއެވެ.’“
فَهَؤُلَاءِ الَّذِينَ قَتَلَهُمْ أَمِيرُ الْمُؤْمِنِينَ عَلِيٌّ رَضِيَ اللَّهُ عَنْهُ لَمَّا حَصَلَتْ الْفُرْقَةُ بَيْنَ أَهْلِ الْعِرَاقِ وَالشَّامِ وَكَانُوا يُسَمَّوْنَ الحرورية .
“ފަހެ، މިއީ އަމީރުލްމުއުމިނީން ޢަލީ رَضِيَ اللَّهُ عَنْهُ ޤަތުލުކުރެއްވި މީހުންނެވެ. އެއީ ޢިރާޤުގެ އަހުލުވެރިންނާއި ޝާމުގެ އަހުލުވެރިންގެ މެދުގައި ބައިބައިވުން އުފެދުނު ހިނދުގައެވެ. އަދި އެބައިމީހުންނަށް ކިޔެވުނީ ޙަރޫރިއްޔާއިންނެވެ. (ޚަވާރިޖުންނެވެ.)”
بَيْنَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّ كِلَا الطَّائِفَتَيْنِ الْمُفْتَرِقَتَيْن مِنْ أُمَّتِهِ وَأَنَّ أَصْحَابَ عَلِيٍّ أَوْلَى الطَّائِفَتَيْنِ بِالْحَقِّ وَلَمْ يُحَرِّضْ إلَّا عَلَى قِتَالِ أُولَئِكَ الْمَارِقِينَ الَّذِينَ خَرَجُوا مِنْ الْإِسْلَامِ وَفَارَقُوا الْجَمَاعَةَ وَاسْتَحَلُّوا دِمَاءَ مَنْ سِوَاهُمْ مِنْ الْمُسْلِمِينَ وَأَمْوَالَهُمْ .
“ނަބިއްޔާ ﷺ ބަޔާންކުރެއްވިއެވެ. ހަމަކަށަވަރުން އެކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ބައިބައިވެގެންދިޔަ ދެބައިމީހުންނަކީވެސް އެކަލޭގެފާނުގެ އުއްމަތުގެ ބައެކެވެ. އަދި ހަމަކަށަވަރުން ޢަލީގެފާނުގެ އަޞްޙާބުންނަކީ އެ ދެބައިމީހުންކުރެ ޙައްޤާ އެންމެ ކައިރި ބައެކެވެ. އަދި އެކަލޭގެފާނު ހަނގުރާމަކުރުމަށް ހިތްވަރުދެއްވީ ހަމައެކަނި އެ މާރިޤުންނާ ދެކޮޅަށެވެ. އެއީ އިސްލާމްދީނުން ބޭރުވެ، ޖަމާޢަތާ ވަކިވެ، އެބައިމީހުން ފިޔަވައި އެހެން މުސްލިމުންގެ ލޭތަކާއި މުދާތައް ޙަލާލުކުރި މީހުންނާ ދެކޮޅަށެވެ.”
فَثَبَتَ بِالْكِتَابِ وَالسُّنَّةِ وَإِجْمَاعِ الْأُمَّةِ أَنَّهُ يُقَاتِلُ مَنْ خَرَجَ عَنْ شَرِيعَةِ الْإِسْلَامِ وَإِنْ تَكَلَّمَ بِالشَّهَادَتَيْنِ
“ފަހެ، ޤުރުއާނާއި ސުންނަތުން އަދި އުއްމަތުގެ އިޖުމާޢުން ސާބިތުވެގެންވެއެވެ. ހަމަކަށަވަރުން އިސްލާމްދީނުގެ ޝަރީޢަތުން ބޭރުވެގެންދާ މީހަކާ ހަނގުރާމަކުރެވޭނެކަމެވެ. އެއީ އެމީހަކު ދެ ޝަހާދަތް ކިޔައިފިނަމަވެސް މެއެވެ.” مجموع الفتاوى ( الباز المعدلة ) (28/ 358)
އިބްނު ތައިމިއްޔާގެ ބަސްފުޅު ނިމުނީއެވެ.
وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَأَصْحَابِهِ أَجْمَعِينَ. غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ الْمُسْلِمِينَ.
كَتَبَهُ وَحَرَّرَهُ: اِبْنُ زَيْنَبَ الْفُوَامُولَاكِيُّ ފުވައްމަލު ޒައިނަބްގެ ދަރި
خَادِمُ الْعِلْمِ وَالسُّنَّةِ، وَعَبْدٌ فَقِيرٌ إِلَى عَفْوِ رَبِّهِ، أَسْأَلُ اللَّهَ أَنْ يُوَفِّقَنِي لِمَا يُحِبُّ وَيَرْضَى، وَأَنْ يَجْعَلَهُ خَالِصًا لِوَجْهِهِ الْكَرِيمِ




