ފަލަޞްޠީނު ހިފީ ބާރުން، އެ މިންޖުވާނީ ބާރުން – އިބްނު އުޘައިމީން
💎الشَّيْخُ العَلَّامَةُ فَقِيهُ الزَّمَانِ مُحَمَّدُ بْنُ صَالِحٍ العُثَيْمِينُ رَحِمَهُ اللَّهُ މި ޤަރުނުގެ ފަޤީޙު، އައް-ޢައްލާމާ މުޙައްމަދު ބިން ޞާލިޙް އަލްޢުޘައިމީން رحمه الله، އެކަލޭގެފާނު އަވަހާރަވުމުގެ ކުރިން (2001 ވަނަ އަހަރުގެ ކުރިން) ސައުދީ އަރަބިއްޔާގައި ދެއްވި ހުކުރު ޚުޠުބާއެއްގައި ވިދާޅުވިއެވެ. “ނަމަވެސް، އެބައިމީހުން (ޔަހޫދީން) މަސްޖިދުލް އަޤްޞާ އިސްތިޢުމާރުކޮށްގެން ތިބުމަށް ގަދައަޅައި ދެމިތިބޭނެކަން އަހަރެމެން ދަންނަމުއެވެ. އަހަރެމެންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެތަން އިސްތިޢުމާރުކުރުމާ ބެހޭގޮތުން ވާހަކަދައްކަމުން އެބައިމީހުންގެ ބޮޑުވަޒީރު ބުންޏެވެ. […]








