ކޯފާލެއްވިގެންވާ ޔަހޫދީ އުންމަތަށް ދެވޭ އިންޒާރުގެ ގޮވުމެއް – ސަލަފީ ޝެއިޚް އައްލާމާ އިމާމް ރަބީޢު ބިން ހާދީ އަލްމަދްޚަލީ رحمه الله

الشَّيْخُ العلاَّمَة رَبِيعُ بن هَادِي المَدْخَلي رحمه الله ވިދާޅުވިއެވެ. “ﷲ ގެ ކޯފާ އެއުންމަތެއްގެ މައްޗަށް އައިސްފައިވާ މީހުންނަށް ބުނަމެވެ. އެމީހުންނާމެދު ﷲ ވަޙީކުރެއްވިއެވެ. ﴿ فَبَاءُوا بِغَضَبٍ عَلَىٰ غَضَبٍ ۚ وَلِلْكَافِرِينَ عَذَابٌ مُّهِينٌ ٩٠﴾ [سورة البقرة] މާނައީ: “ކޯފާގެ މައްޗަށް ކޯފާ އެބައިމީހުން ލިބިގެންފިއެވެ. އަދި އަދި ކާފަރުންނަށްހުރީ އިހާނާތްތެރިވެގެންވާ عَذَاب އެވެ.” ކުޑައިމީސްކަމާއި ނިކަމެތިކަން ލިބިގެންވާ އުންމަތައް ބުނަމެވެ. އެބައިމީހުންނީ އެމީހުން ނަބީބޭކަލުން ޤަތުލުކޮށް ހެދުމުގެ ސަބަބުން […]

ނަބިއްޔާ ﷺ އެއްވެސް މީހަކަށް ކަނޑިން ދީން ޤަބޫލުކުރުމަށް މަޖުބޫރެއް ނުކުރައްވާ – އިބްނުލް އަލް-ޤައްޔިމް رحمه الله

“فَقُولَا لَهُ قَوْلًا لَيِّنًا” (طه: 44) ” ފަހެ، ތިޔަ ދެމީހުން އޭނާއަށް (ފިރުޢައުނަށް) މަޑުމައިތިރި ބަހުން ވާހަކަ ދައްކާށެވެ”! ﷽ އެންމެހައި ޙަމްދު ތަޢުރީފެއް ލިބިވޮޑިގެންވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އެކަލާނގެއީ ނޫޙުގެފާނާއި، އިބްރާހީމްގެފާނާއި، މޫސާގެފާނާއި، ޢީސާގެފާނާއި އަދި މުޙައްމަދުގެފާނުގެ ވެރި ރައްބެވެ. އެ އެންމެހައި ބޭކަލުންގެ މައްޗަށް ސަލާމާއި ޞަލަވާތް ލެއްވުން އެދި ދުޢާ ދަންނަވަމުން ބުނަމެވެ. އިމާމް ابن القيم – އަބޫ ޢަބްދުﷲ މުޙައްމަދު ބިން އަބީ ބަކުރު […]