ޝަރީޢަތުގައި ޒަރޫރީކޮށް އެނގިގެންވާ ޙުކުމްތަކަށް އިންކާރުކުރާ މީހުންގެ މުރުތައްދުވުމާއި މުރުތައްދުންނާ ދެކޮޅަށް ހަނގުރާމަކުރުން: އަބޫ ބަކުރު އަދި ޞަޙާބީން رَضِيَ اللَّهُ عَنْهُمْ ގެ ޢަމަލުފުޅު — ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله
﷽. އެންމެހައި ޙަމްދު ތަޢުރީފެއް ލިބިވޮޑިގެންވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އެކަލާނގެއީ ނޫޙު, އިބްރާހީމް، މޫސާ، ޢީސާ عَلَيْهِمُ الصَّلَاةُ وَالسَّلَامُ އަދި މުޙައްމަދު ﷺ ވެރި ރައްބެވެ. އެއަށްފަހު ބުނަމެވެ.
شيخ الإسلام ابن تيمية (661–728 هـ) رحمه الله ވިދާޅުވިއެވެ.
وَأَيُّمَا طَائِفَةٍ انْتَسَبَتْ إلَى الْإِسْلَامِ وَامْتَنَعَتْ مِنْ بَعْضِ شَرَائِعِهِ الظَّاهِرَةِ الْمُتَوَاتِرَةِ فَإِنَّهُ يَجِبُ جِهَادُهَا بِاتِّفَاقِ الْمُسْلِمِينَ حَتَّى يَكُونَ الدِّينُ كُلُّهُ لِلَّهِ
“އަދި އިސްލާމްދީނަށް ނިސްބަތްވާ އެއްވެސް ބަޔަކު، އިސްލާމްދީނުގެ ފާޅުކަން ބޮޑު އަދި މުތަވާތިރު (ގިނަ ބަޔަކު ރިވާކޮށްފައިވާ) ޝަރީޢަތްތަކުގެ ތެރެއިން ބައެއް ކަންތައްތަކަށް ދެކޮޅުހަދައިފިނަމަ (މަނަޢަވެގެންފިނަމަ)، ހަމަކަށަވަރުން މުސްލިމުންގެ އިއްތިފާޤުން އެބައެއްގެ މައްޗަށް ޖިހާދުކުރުން ވާޖިބުވެގެންވެއެވެ. އެއީ ދީން އެއްކޮށް ﷲ ހަށްޓަކައި ވުމަށް ދާންދެނެވެ.”
كَمَا قَاتَلَ أَبُو بَكْرٍ الصِّدِّيقُ رَضِيَ اللَّهُ عَنْهُ وَسَائِرُ الصَّحَابَةِ رَضِيَ اللَّهُ عَنْهُمْ مَانِعِي الزَّكَاةِ وَكَانَ قَدْ تَوَقَّفَ فِي قِتَالِهِمْ بَعْضُ الصَّحَابَةِ ثُمَّ اتَّفَقُوا حَتَّى قَالَ عُمَرُ بْنُ الْخَطَّابِ لِأَبِي بَكْرٍ رَضِيَ اللَّهُ عَنْهُمَا كَيْفَ تُقَاتِلُ النَّاسَ وَقَدْ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
“އަބޫބަކުރު އައްޞިއްދީޤު (رَضِيَ اللَّهُ عَنْهُ) އަދި އެހެނިހެން ޞަޙާބީން (رَضِيَ اللَّهُ عَنْهُمْ) ޒަކާތް ދިނުމަށް އިންކާރުކުރި މީހުންނާ ހަނގުރާމަކުރެއްވި ފަދައިންނެވެ. އަދި ބައެއް ޞަޙާބީން އެ މީހުންނާ ހަނގުރާމަކުރުމާމެދު ފުރަތަމަ ޝައްކުވެވަޑައިގެންނެވިއެވެ. ދެން އެންމެން އެކަމަށް އެއްބަސްވެވަޑައިގެންނެވިއެވެ. އެހާ ހިސާބުން ޢުމަރު ބިން އަލްޚައްޠާބު (رَضِيَ اللَّهُ عَنْهُمَا) އަބޫބަކުރަށް ވިދާޅުވިއެވެ. ‘ތިބާ މީސްތަކުންނާ ކިހިނެއްތޯ ހަނގުރާމަކުރަނީ، ރަސޫލުﷲ ﷺ މިހެން ވިދާޅުވެފައިވަނިކޮށް…”
{أُمِرْت أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ فَإِذَا قَالُوهَا فَقَدْ عَصَمُوا مِنِّي دِمَاءَهُمْ وَأَمْوَالَهُمْ إلَّا بِحَقِّهَا ؛ وَحِسَابُهُمْ عَلَى اللَّهِ } ؟ فَقَالَ لَهُ أَبُو بَكْرٍ : فَإِنَّ الزَّكَاةَ مِنْ حَقِّهَا . وَاَللَّهُ لَوْ مَنَعُونِي عِنَاقًا كَانُوا يُؤَدُّونَهَا إلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَقَاتَلْتهمْ عَلَى مَنْعِهَا قَالَ عُمَرُ : فَمَا هُوَ إلَّا أَنْ رَأَيْت اللَّهَ قَدْ شَرَحَ صَدْرَ أَبِي بَكْرٍ لِلْقِتَالِ : فَعَلِمْت أَنَّهُ الْحَقُّ .
“އަހުރެންނަށް އަމުރުކުރެވިފައިވަނީ މީސްތަކުން لَا إلَهَ إلَّا اللَّهُ، مُحَمَّدًا رَسُولُ اللَّهِ (ﷲ ފިޔަވައި އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް) ހެކިވަންދެން އެބައިމީހުންނާ ހަނގުރާމަކުރުމަށެވެ. ފަހެ، އެބައިމީހުން އެހެކިބަސް ބުނެފިނަމަ، އެބައިމީހުންގެ ލޭތަކާއި މުދާތައް އަހަރެންގެ ކިބައިން ރައްކާތެރިވެގެންވެއެވެ. އޭގެ ޙައްޤަކުން މެނުވީއެވެ. އަދި އެބައިމީހުންގެ ހިސާބު ބެއްލެވުން ވަނީ ﷲގެ މައްޗަށެވެ.”
“ފަހެ، އަބޫބަކުރު އޭނާއަށް ވިދާޅުވިއެވެ ‘ހަމަކަށަވަރުން ޒަކާތަކީ އޭގެ (لَا إلَهَ إلَّا اللَّهُ، مُحَمَّدًا رَسُولُ اللَّهِ ގެ) ޙައްޤުތަކުގެ ތެރެއިންވާ ކަމެކެވެ. ﷲ ގަންދީ ބުނަމެވެ! އެބައިމީހުން ރަސޫލުﷲ ﷺ އަށް އަދާކުރަމުން އައި ކުޑަ ބަކަރިއެއް ވިޔަސް އަހަރެންނަށް ދިނުމަށް މަނާކޮށްފިނަމަ، އަހަރެން އެކަމަށްޓަކައި އެބައިމީހުންނާ ހަނގުރާމަކުރާނަމެވެ.’ “ޢުމަރު ވިދާޅުވިއެވެ. ‘ފަހެ، އަހަރެން ދެކުނީ ﷲ އަބޫބަކުރުގެ ހިތްޕުޅު ހަނގުރާމަކުރުމަށް ހުޅުވައިދެއްވާފައިވާ ތަނެވެ. ދެން އަހަރެންނަށް އެނގުނީ އެއީ ޙައްޤުކަމެވެ.'” مجموع الفتاوى ( الباز المعدلة ) (28/ 356)
އިބްނު ތައިމިއްޔާގެ ބަސްފުޅު ނިމުނީއެވެ.
وَمَن جَحَدَ فَرْضًا مِنْ فُرُوضِ ٱلْإِسْلَامِ مِمَّا ثَبَتَ بِالدَّلِيلِ الْقَطْعِيِّ فَهُوَ كَافِرٌ بِاتِّفَاقِ أَهْلِ الْعِلْمِ “އަދި ޤަޠުޢީ (ޔަޤީންކަން ލިބިފައިވާ) ދަލީލަކުން ސާބިތުވެފައިވާ އިސްލާމްދީނުގެ ފަރުޟުތަކުގެ ތެރެއިން ފަރުޟަކަށް އިންކާރުކޮށްފި މީހާ، ޢިލްމުވެރިންގެ އިއްތިފާޤުން އެމީހަކީ ކާފިރެކެވެ.”
ޝެއިޚް ޢަބްދުލް އަޒީޒް އައް-ރާޖިހީ ވިދާޅުވިއެވެ. والذي منع الزكاة قال العلماء إنما كفر لأنه إذا منعها وقاتل عليها دل على جحوده إياها لأنه فعل أمرين : منعها وقاتل عليها ، أما إذا منعها ولم يقاتل عليها فإنها تؤخذ منه ويؤدَّب ولا يكفر ، ولكن إن منعها وقاتل عليها فإنه يكفر ؛ لأن هذا دليل على جحوده والمرتدون الذين منعوا الزكاة منعوها وقاتلوا عليها فدل على أنهم جحدوها ولهذا عاملهم الصحابة معاملة المرتدين وسموهم مرتدين كلهم وقاتلوهم ، لا فرق بين من أنكر نبوة محمد صلى الله عليه وسلم أو عبد الأصنام أو من جحد الزكاة لأنه جحد أمرا معلوما من الدين بالضرورة (عبد العزيز بن عبد الله الراجحي , أسئلة وأجوبة في الإيمان والكفر ص: 41)
“އަދި ޒަކާތް ދިނުމަށް އިންކާރުކުރި މީހާއާ ބެހޭގޮތުން ޢިލްމުވެރިން ވިދާޅުވެފައިވަނީ، އޭނާ ކާފިރުވީ ހަމައެކަނި އޭނާ ޒަކާތް ދިނުމަށް އިންކާރުކޮށް، އަދި އެކަމުގެ މައްޗަށް ހަނގުރާމަކުރުމުންނެވެ. އެހެނީ އެކަން ދަލީލުކޮށްދެނީ އޭނާ ޒަކާތަށް އިންކާރުކުރާކަމެވެ. އެއީ އޭނާ ދެކަމެއް ކުރުމުންނެވެ: ޒަކާތް ދިނުމަށް އިންކާރުކުރުމާއި އަދި އެކަމުގެ މައްޗަށް ހަނގުރާމަކުރުމެވެ. އެހެންނަމަވެސް އޭނާ ޒަކާތް ދިނުމަށް އިންކާރުކޮށް، އެކަމަކު އެކަމުގެ މައްޗަށް ހަނގުރާމަނުކޮށްފިނަމަ، އޭނާގެ ކިބައިން ޒަކާތް ނެގޭނެއެވެ. އަދި އޭނާއަށް އަދަބުދެވޭނެއެވެ. އެކަމަކު އޭނާ ކާފިރެއް ނުވާނެއެވެ. އެހެންނަމަވެސް އޭނާ ޒަކާތް ދިނުމަށް އިންކާރުކޮށް، އަދި އެކަމުގެ މައްޗަށް ހަނގުރާމަކޮށްފިނަމަ، އޭނާ ކާފިރުވާނެއެވެ. އެެ. އެހެނީ މިއީ އޭނާ ޒަކާތަށް އިންކާރުކުރާކަމުގެ ދަލީލެކެވެ. އަދި ޒަކާތް ދިނުމަށް އިންކާރުކުރި މުރުތައްދުން، އެމީހުން ޒަކާތް ދިނުމަށް އިންކާރުކޮށް، އަދި އެކަމުގެ މައްޗަށް ހަނގުރާމަކުރިއެވެ. އެހެންކަމުން އެކަން ދަލީލުކޮށްދެނީ އެމީހުން ޒަކާތަށް އިންކާރުކުރިކަމެވެ. އެހެންވެ ޞަޙާބީން އެމީހުންނާމެދު ޢަމަލުކުރެއްވީ މުރުތައްދުންނާމެދު ޢަމަލުކުރާ ފަދައިންނެވެ. އަދި އެމީހުން އެންމެންނަށް މުރުތައްދުންގެ ނަން ދެއްވައި، އެމީހުންނާ ހަނގުރާމަކުރެއްވިއެވެ. މުޙައްމަދު ﷺ ގެ ނަބިއްޔުކަމަށް އިންކާރުކުރި މީހުންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، ޒަކާތަށް އިންކާރުކުރި މީހުންނާ ދެމެދު ތަފާތެއް ނެތެވެ. އެހެނީ އޭނާ އިންކާރުކޮށްފައިވަނީ ދީނުގައި ކޮންމެހެން އެނގެންޖެހޭ ކަމަކަށެވެ.”
وَكَذَلِكَ يُعْتَبَرُ مُرْتَدًّا مَنْ اعْتَقَدَ كَذِبَ النَّبِيِّ صلى الله عليه وسلم فِي بَعْضِ مَا جَاءَ بِهِ , وَمَنْ اعْتَقَدَ حِلَّ شَيْءٍ مُجْمَعٍ عَلَى تَحْرِيمِهِ , كَالزِّنَا وَشُرْبِ الْخَمْرِ , أَوْ أَنْكَرَ أَمْرًا مَعْلُومًا مِنْ الدِّينِ بِالضَّرُورَةِ
“އަދި ހަމައެފަދައިން، ނަބިއްޔާ ﷺ ގެންނެވި ބައެއް ކަންތައްތަކުގައި އެކަލޭގެފާނު ދޮގުވިދާޅުވިކަމަށް ޤަބޫލުކުރާ މީހާވެސް މުރުތައްދެއްކަމުގައި ބެލެވެއެވެ. އަދި ޙަރާމްކަމަށް އިޖުމާޢުވެފައިވާ ކަމެއް، މިސާލަކަށް ޒިނޭކުރުމާއި ރާބުއިން ފަދަ ކަމެއް ޙަލާލުކަމަށް ޤަބޫލުކުރާ މީހާވެސް (މުރުތައްދެއްކަމުގައި ބެލެވެއެވެ.) ނުވަތަ ދީނުގައި ކޮންމެހެން އެނގެންޖެހޭ ކަމަކަށް އިންކާރުކުރާ މީހާ (މުރުތައްދެއްކަމުގައި ބެލެވެއެވެ).”
شيخ الإسلام ابن تيمية (661–728 هـ) رحمه الله ވިދާޅުވިއެވެ.
وَقَدْ تَنَازَعَ النَّاسُ فِي مُخَالِفِ الْإِجْمَاعِ : هَلْ يَكْفُرُ ؟ عَلَى قَوْلَيْنِ وَالتَّحْقِيقُ : أَنَّ الْإِجْمَاعَ الْمَعْلُومَ يَكْفُرُ مُخَالِفُهُ كَمَا يَكْفُرُ مُخَالِفُ النَّصِّ بِتَرْكِهِ لَكِنَّ هَذَا لَا يَكُونُ إلَّا فِيمَا عَلِمَ ثُبُوتَ النَّصِّ بِهِ . وَأَمَّا الْعِلْمُ بِثُبُوتِ الْإِجْمَاعِ فِي مَسْأَلَةٍ لَا نَصَّ فِيهَا فَهَذَا لَا يَقَعُ وَأَمَّا غَيْرُ الْمَعْلُومِ فَيَمْتَنِعُ تَكْفِيرُهُ . وَحِينَئِذٍ فَالْإِجْمَاعُ مَعَ النَّصِّ دَلِيلَانِ كَالْكِتَابِ وَالسُّنَّةِ (مجموع الفتاوى الباز المعدلة 19/ 270)
“އިޖުމާޢުއާ ޚިލާފުވާ މީހާ ކާފިރުވާނެތޯ؟ މިކަމުގައި މީސްތަކުން ދެބަހެއްގެ މައްޗަށް ޚިލާފުވެފައިވެއެވެ. އަދި ތަޙްޤީޤީ ރައުޔަކީ: ކަށަވަރުވެފައިވާ އިޖުމާޢުއަކާ ޚިލާފުވާ މީހާ ކާފިރުވާނެއެވެ. އެއީ ނައްޞާ ޚިލާފުވެ، އެ ދޫކޮށްލާ މީހާ ކާފިރުވާ ފަދައިންނެވެ. އެހެނަސް މިކަން އޮންނާނީ ހަމައެކަނި ނައްޞު ސާބިތުވެފައިވާކަން ޔަޤީންކުރެވޭ ކަންކަމުގައެވެ. އަދި ނައްޞެއް ނެތް މައްސަލައެއްގައި އިޖުމާޢު ސާބިތުވެފައިވާކަން ޔަޤީންކުރެވުމަކީ ނުވާނެ ކަމެކެވެ. އަދި ޔަޤީންކަން ނުލިބޭ ކަންކަމުގައި ކާފިރުކުރުން މަނާވެގެންވެއެވެ. އަދި މިހާހިނދުން، ނައްޞާއެކުވާ އިޖުމާޢު އަކީ ޤުރުއާނާއި ސުންނަތް ފަދައިން ދެ ދަލީލެކެވެ.”
وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَأَصْحَابِهِ أَجْمَعِينَ. غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ الْمُسْلِمِينَ.
كَتَبَهُ وَحَرَّرَهُ: اِبْنُ زَيْنَبَ الْفُوَامُولَاكِيُّ ފުވައްމަލު ޒައިނަބްގެ ދަރި
خَادِمُ الْعِلْمِ وَالسُّنَّةِ، وَعَبْدٌ فَقِيرٌ إِلَى عَفْوِ رَبِّهِ، أَسْأَلُ اللَّهَ أَنْ يُوَفِّقَنِي لِمَا يُحِبُّ وَيَرْضَى، وَأَنْ يَجْعَلَهُ خَالِصًا لِوَجْهِهِ الْكَرِيمِ

