ޞަޙާބީންގެ ޝަރުޢީ ޖިހާދު: ކަނޑިންނާއި ފޮތުން ﷲގެ ބަސްފުޅު ފެތުރުއްވުން – އިބްނުލް ޤައްޔިމް رحمه الله

“فَقُولَا لَهُ قَوْلًا لَيِّنًا” (طه: 44) ” ފަހެ، ތިޔަ ދެމީހުން އޭނާއަށް (ފިރުޢައުނަށް) މަޑުމައިތިރި ބަހުން ވާހަކަ ދައްކާށެވެ”!
________________________________________________________________________

﷽. އެންމެހައި ޙަމްދު ތަޢުރީފެއް ލިބިވޮޑިގެންވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އެކަލާނގެއީ ނޫޙު, އިބްރާހީމް، މޫސާ، ޢީސާ عَلَيْهِمُ الصَّلَاةُ وَالسَّلَامُ  އަދި މުޙައްމަދު ﷺ ވެރި ރައްބެވެ. އެއަށްފަހު ބުނަމެވެ.

އިމާމް ابن القيم رحمه الله  (އުފަން، 691، ވަފާތު 751) ވިދާޅުވިއެވެ.

والعلم إنما انتشر في الآفاق عن أصحاب رسول الله صلى الله عليه وسلم، فهم الذين فتحوا البلاد بالجهاد، والقلوبَ بالعلم والقرآن، فملؤوا الدنيا خيرًا وعلمًا، والناس اليوم في بقايا آثار علمهم (هداية الحيارى في أجوبة اليهود والنصارى -ص٢٩١) “އަދި ހަމަކަށަވަރުން ޢިލްމު (ﷲ ގެ ފޮތާއި ސުންނަތް) ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިޔައީ ރަސޫލުﷲ ﷺ ގެ ޞަޙާބީންގެ ފަރާތުންނެވެ.  ފަހެ އެބޭކަލުންނަކީ ޖިހާދުގެ ޒަރީޢާއިން ޤައުމުތައް ފަތަޙަކުރެއްވި ބޭކަލުންނެވެ. އަދި އެބޭކަލުން ހިތްތައް (ފަތަޙަކުރެއްވީ) ޢިލްމާއި ޤުރްއާނުގެ ޒަރީޢާއިންނެވެ. ފަހެ އެބޭކަލުން ދުނިޔެ ހެޔޮކަމާއި ޢިލްމުން ފުރުއްވައިފިއެވެ. އަދި މިއަދު މީސްތަކުން ތިބީ އެބޭކަލުންގެ ޢިލްމުގެ އަސަރުތަކުގެ ބާކީތަކުގައެވެ.” (ޔަހޫދީންނާއި ނަޞާރާއިންގެ ސުވާލުތަކަށް ޖަވާބު ދިނުމުގައި އޮޅުންބޮޅުންވެފައިވާ މީހުންނަށް ތެދުމަގު ދެއްކުން، ޞަފްހާ 291)

ރަސޫލާ ﷺ ގެ މާތް ޞަޙާބީންނަކީ ފަލްސަފާވެރިންނެއް ނޫނެވެ. އަދި ސިޔާސީ އިންޤިލާބީންނެއްވެސް ނޫނެވެ. އެބޭކަލުންނަކީ ޤުރްއާން ކިޔަވާ ބޭކަލުންނެވެ. ވަޙީގެ ޢިލްމު އުނގަންނައިދެއްވާ މުދައްރިސުންނެވެ. އަދި ﷲގެ މަގުގައި ޖިހާދުކުރައްވާ ހަނގުރާމަވެރިންނެވެ. އެބޭކަލުން އިސްލާމްދީން ފެތުރުއްވީ ދެ ކަމެއްގެ މައްޗަށް ބިނާކޮށްގެންނެވެ. ފޮތާއި ކަނޑިއެވެ. އެބޭކަލުން ޤައުމުތައް ފަތަޙަކުރެއްވީ ދީން ޤާއިމުކުރެއްވުމަށެވެ. އަދި ހިތްތައް ފަތަޙަކުރެއްވީ ﷲގެ ކަލާމްފުޅުންނެވެ. އަޅުގަނޑުމެންގެ ޒަމާނުގައި، މި ފުރިހަމަ ޖިހާދުގެ ޝަރުޢީ ތަރިކައާ ދެކޮޅަށް ތިން ފާސިދު ވިސްނުމެއް ނުކުމެފައިވެއެވެ.

(1) މުރުޖިއާ ލާ ޖިހާދީން: ޖިހާދު ދެކޮޅަށް ތެދުވާ މީހުން

މުރުޖިއާއިންނާއި އެމީހުންގެ މިޒަމާނުގެ ވާރިޘުންކަމުގައިވާ، މިނިވަންކަމާ ޑިމޮކްރަސީ މާމަތިކޮށް އެއަށް ގޮވާލާ ދުނިޔަވީ މީހުން، ލިބަރަލް ސެކިއުލަރިސްޓުން، އިސްލާމްދީން ކުޑަކޮށްލަނީ އަމިއްލަ އަޅުކަންތަށް އެކަންޏެވެ. އެމީހުން ބުނާ ގޮތުގައި އިސްލާމްދީން ފެތުރުނީ ހަމައެކަނި ސުލްޙަވެރިކަމާއި ނަސޭހަތްތެރިވުމުގެ ތެރެއިންނެވެ. އަދި އެމީހުން ޖިހާދު ކުށްވެރިކުރަނީ އެއީ ޒަމާން ހަމަވެފައިވާ، އަހުލުވެރިކަމެއް ނެތް ނުވަތަ މުހިންމުކަމެއް ނެތް ކަމެއްގެ ގޮތުގައެވެ. ނުވަތަ ހަރުކަށި ބަރްބަރިކް ކަމެއް ގޮތުގައެވެ. ނުވަތަ ޓެރަރިޒަމްގެ ގޮތުގައެވެ.

އެހެނަސް، ޞަޙާބީން މި ދެކަންތައް ވަކިނުކުރެއްވިއެވެ. އެބޭކަލުން ޖައްބާރުންނާއި އަނިޔާވެރިންރިންނާ ހަނގުރާމަކުރެއްވިއެވެ. އަނިޔާލިބެމިބެމުންދިޔަ އަނިޔާވެރިކަމުގެ ދަށުގައިވާ މީހުން މިނިވަންކުރެއްވިއެވެ. އަދި ﷲ ގެ ޝަރީޢަތް ފުރިހަމަ ގޮތުގައި ތަންފީޒުކުރެއްވިއެވެ. މިއަދުގެ މުރުޖިއާއިން އދ. ގެ ޤާނޫނުތަކާއި، ދުނިޔަވީ ޤާނޫނުއަސާސީތަކާއި، ނަޞޯރާއިންނާއި ޔަހޫދީ ކާފިރުންގެ ވެރިކަންތައް މާތްކުރެއެވެ. އެއާއެކު މާތްﷲ ގެ އަމުރުފުޅު ފުރައްސާރަކުރެއެވެ. އަދި އިސްލާމް ދީނުގައި ދީނީ މިނިވަންކަން އޮންނަ ކަމަށް ދަށްކަން މަސައްކަތް ކުރެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

قَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ  “ޝިރުކާއި ކާފަރުކަން ހުއްޓި، މުޅި ދީންވަނީ ﷲއަށްޓަކައި ކަމުގައި ހިމެނިއްޖެއުމަށް ދާންދެން ތިޔަބައިމީހުން އެކާފަރުންނާ ހަނގުރާމަ ކުރަމުންގެންދާށެެވެ.” (އަލްއަންފާލް: 39)

އެމީހުން ފަލަސްޠީނާއި، ސީރިޔާއާއި، އިރާޤާއި، އަފްޣާނިސްތާނާ މުސްލިމުންނަށް ބޮން އަޅައި އެމެރިކާއިން ކުރާ ނަސާރާ ޖިހާދީ ޓެރަރިޒަމް އާއި މެދު ހަނުތިބެއެވެ. އެއީ ކާފިރުން އެބައިމީހުންގެ ކުފުރުގެ ޖިހާދު ކެނޑިނޭޅި ކުރިއަށް ގެންނދާއިރުވެސް މެއެވެ. އެއާއެކު، މި މުރުޖީން މުޖާހިދުންނަށް ދެރަކޮށް، ކާފިރުންނަށް ޢުޛުރުދައްކައެވެ.

(2) ޚަވާރިޖު ތަކްފީރީ ޖިހާދީން: ޖިހާދުގައި ހައްދުފަހަނައަޅާ މީހުން

ޚަވާރިޖުން އަދި ތަކްފީރީން ޖިހާދު ޤަބޫލުކުރެއެވެ. އެހެނަސް އެއީ ޞަހާބީންގެ ތެދުމަގެއް، އިލްމެއް ނުވަތަ ރަޙްމަތެއް ނެތިއެވެ. އެމީހުން އިންސާނުން މަރާލަނީ ތަފާތުކުރުމެއްނެތިއެވެ. މުސްލިމް ވެރިންނާ ދެކޮޅަށް ނުކުމެއެވެ. މުޅި އާބާދީތަކަށް ކާފިރުކަމުގެ ޙުކުމް ކުރެއެވެ. އަދި “ޖިހާދު” މި ލަފްޒަށް ނިކަމެތިކަން ގެނެސްދެއެވެ

އެހެނަސް، ޞަޙާބީން (މާތް ﷲ އެބޭކަލުންނަށް ރުއްސުން ލައްވާށި)، އިބްނުލް ޤައްޔިމް ވިދާޅުވި ފަދައިން، ހަނގުރާމަކުރެއްވީ ޤުރުއާނާ އެކުގައެވެ. ހަމައެކަނި ޖަޒުބާތުގެ މައްޗަކު ނޫނެވެ. އެބޭކަލުންގެ ކިބައިގައި އިމާރަތާއި، އަދަބު، އެބޭކަލުންގެ ތެރޭގައި ޢިލްމުވެރިން، އަދި އެބޭކަލުންގެ މަޤްޞަދުތަކުގައި ސާފުކަން ވިއެވެ.

عن أبي سعيد الخدري – رضي الله عنه – قال: أقبل رجل غائر العينين، ناتئ الجبين، كث اللحية، مشرف الوجنتين، محلوق الرأس على النبي صلى الله عليه وسلم فقال: يا محمد اتق الله، فقال النبي – صلى الله عليه وسلم – : فمن يطيع الله إذا عصيته، أيأمنني على أهل الأرض ولا تأمنونني، .. فلما ولى الرجل، قال النبي – صلى الله عليه وسلم – : ( إن من ضئضئ هذا قوماً يقرؤون القرآن لا يجاوز حناجرهم، يمرقون من الإسلام مروق السهم من الرمية، يقتلون أهل الإسلام ويدعون أهل الأوثان، لئن أدركتهم لأقتلنهم قتل عاد ) متفق عليه

އަބޫ ސަޢީދުލް ޚުދުރީ رضي الله عنه ރިވާކުރެއްވިއެވެ. ދެލޯ ވަޅުގަނޑު އެތެރެއަށް ވަދެފައިވާ، ނިތްކުރި އުފުލިފައިވާ، ތުނބުޅި ބޯވެފައިވާ، ކޯތާފަތް އުފުލިފައިވާ، ބޯ ބާލާފައިވާ މީހަކު ނަބިއްޔާ ﷺ ގެ އަރިހަށް އައެވެ. އަދި ބުންޏެވެ. “އޭ މުޙައްމަދެވެ! ކަލޭ ﷲ އަށް ތަޤްވާވެރިވާށެވެ!” ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނު ﷲ އަށް އުރެދިވަޑައިގަތުމުން، ދެން ﷲ އަށް ކިޔަމަންތެރިވާނީ ކާކުހެއްޔެވެ؟ ބިމުގައިވާ އެންމެންގެ މައްޗަށް ތިމަންކަލޭގެފާނު އަމާނާތްތެރިވެވަޑައިގަންނަވާ ހިނދު، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް އަމާނާތްތެރި ނުވަނީހެއްޔެވެ؟ … ދެން އެމީހާ ފުރަގަސްދީ ދިޔުމުން ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން މީނާގެ ނަސްލުން ބަޔަކު އަންނާނެއެވެ. އެބައިމީހުން ޤުރްއާން ކިޔަވާޔަވާނެއެވެ. އެހެނަސް އެ (ކިޔެވުން) އެބައިމީހުންގެ ކަރުތަކަށްވުރެ ތިރިއަކަށް ނުފައިބާނެއެވެ. ތީރު ނިޝާނުން (ޝިކާރައިން) ނުކުންނަ ފަދައިން، އެބައިމީހުން އިސްލާމްދީނުން ނުކުންނާނެތެވެ. އެބައިމީހުން މުސްލިމުން މަރާލާނެއެވެ. އަދި ބުދަށް އަޅުކަންކުރާ މީހުން ދޫކޮށްލާނެއެވެ. ތިމަންކަލޭގެފާނަށް އެބައިމީހުނާ ބައްދަލުވެއްޖެނަމަ، ހަމަކަށަވަރުން ތިމަންކަލޭގެފާނު އެބައިމީހުން ޤަތުލުކުރާނީ ޢާދުގެ ޤައުމު ޤަތުލުކުރި ފަދައިންނެވެ.” (ބުޚާރީ އަދި މުސްލިމް)

عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ يَخْرُجُ نَاسٌ مِنْ قِبَلِ الْمَشْرِقِ وَيَقْرَءُونَ الْقُرْآنَ لَا يُجَاوِزُ تَرَاقِيَهُمْ يَمْرُقُونَ مِنْ الدِّينِ كَمَا يَمْرُقُ السَّهْمُ مِنْ الرَّمِيَّةِ ثُمَّ لَا يَعُودُونَ فِيهِ حَتَّى يَعُودَ السَّهْمُ إِلَى فُوقِهِ قِيلَ مَا سِيمَاهُمْ قَالَ سِيمَاهُمْ التَّحْلِيقُ أَوْ قَالَ التَّسْبِيدُ (7123 صحيح البخاري)

އަބޫ ސަޢީދުލް ޚުދުރީ رضي الله عنه  ރިވާކުރެއްވި އެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. “އިރުމަތިން ބަޔަކު އަންނާނެއެވެ. އެބައިމީހުން ޤުރުއާން ކިޔަވާނެއެވެ. އެހެނަސް އެ (ކިޔެވުން) އެބައިމީހުންގެ ކަރުދަށުން ތިރިއަކަށް ނުފައިބާނެއެވެ. އެބައިމީހުން ދީނުން ނުކުމެގެންދާނީ ނިޝާން (ނުވަތަ ޝިކާރު) ގެ ހަށިގަނޑުން ތީރު ނުކުންނަ ފަދައިންނެވެ. އަދި އެބައިމީހުން، ތީރު އޭގެ ދަނޑިއަށް އަނބުރާ ނުދާ ފަދައިން، އެއަށް (ދީނަށް) އަނބުރާ ނުދާނެވެ.” އެހިނދު ދެންނެވުނެވެ “އެބައިމީހުންގެ ނިޝާނަކީ ކޮބައިތޯއެވެ؟” ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ، “އެބައިމީހުންގެ ނިޝާނަކީ (ބޯ) ބޭލުމެވެ.” ނުވަތަ އެކަލޭގެފާނު ވިދާޅުވިއެވެ. “އެއީ (ބޯ) ތުނިކޮށް ކޮށައިލުމެވެ.”

މި ޙަދީޘްފުޅުގައި ބަޔާންވެގެންވަނީ ޚަވާރިޖުންގެ ސިފަތަކާއި، އެބައިމީހުންގެ ނުރައްކާތެރިކަމެވެ. އެބައިމީހުންނަކީ ޤުރްއާން ކިޔަވާ ނަމަވެސް، އޭގެ ޙަޤީޤީ މާނައާއި މަޤްޞަދު ނުދަންނަ، އަދި އިސްލާމްދީނުގެ ޙަޤީޤީ ރޫޙާ ޚިލާފަށް ޢަމަލުކުރާ ބައެއްކަން އެނގިގެންދެއެވެ. އަދި އެބައިމީހުންގެ ބޭރުފުށުގެ ސިފައެއްގެ ގޮތުގައި ބޯ ބާލާފައި ނުވަތަ ކުރުކޮށް ބާލާފައި ހުންނަ ކަމަށް ބަޔާންކުރެވިފައިވެއެވެ.

މިއީ ޚަވާރިޖުންގެ ނިޝާނެވެ. އެމީހުންގެ ޖިހާދަކީ އިލްމެއް، ފިޤުހެއް، މަޤްޞަދެއް ނެތި ކުރާ ޖިހާދެވެ. އެއީ އިބްލީހުގެ މަގުގައި ކުރާ ޖިހާދެކެވެ. މިފަދަ ފަރާތްތަކަށް ލާދީނީ ސެކިއުލަރިސްޓުންނާއި އޮރިއަންޓަލިސްޓުން “ސަލަފީ-ޖިހާދީ” މި ނަން ދިނުމަކީ ޙަޤީޤަތް އޮޅުވާލުމެކެވެ. އެއީ ދީނީ ގޮތުންނާއި ތާރީޚީ ގޮތުން ވެސް ދޮގު ވާހަކައެކެވެ. ރަނގަޅު ނަމަކަކީ “ތަކްފީރީ-ޖިހާދީން” އެވެ. ނުވަތަ “ޚާރިޖީ-ޖިހާދީން” ނެވެ.

(3) ކާފިރު ޖިހާދީން: ޝައިޠާނާގެ މަގުގައި ކުއްފާރުން ކުރާ ޖިހާދު

މުސްލިމުން ކޮންމެ ދިފާޢީ ޢަމަލަކަށް ކުށްވެރިކުރެވޭއިރު، އެއީ ޓެރަރިޒަމް ކަމުގައި ނިންމޭއިރު ކާފިރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙަޤީޤީ ޓެރަރިޒަމް ހިންގަމުންދެއެވެ. އެމެރިކާއާއި، ނޭޓޯއާއި، އިސްރާއީލުގެ ޒައިނިސްޓު ވެރިކަން ދެމިގެންދާ ތާޣޫތީ ޖިހާދެއް ކުރިއަށް ގެންދެއެވެ. އެހެނަސް އެއީ ﷲ އަށްޓަކައެއް ނޫނެވެ. އެބައިމީހުން ޖިހާދު ކުރަނީ ތޯޣޫތުގެ މަގުގައެވެ. ބާޠިލު ދޮގު އިލާހުންގެ މަގުގައެވެ.

ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ﴿الَّذِينَ آمَنُوا يُقَاتِلُونَ فِي سَبِيلِ اللَّهِ ۖ وَالَّذِينَ كَفَرُوا يُقَاتِلُونَ فِي سَبِيلِ الطَّاغُوتِ فَقَاتِلُوا أَوْلِيَاءَ الشَّيْطَانِ ۖ ﴾ “އީމާންވީ މީސްތަކުން ﷲ ގެމަގުގައި ހަނގުރާމަ ކުރެއެވެ. އަދި ކާފަރުވީ މީސްތަކުން طَاغُوت ގެ (އިބިލީހުގެ) މަގުގައި (ބާތިލް ދީންތަކުގައި) ހަނގުރާމަ ކުރެއެވެ. އޭ مؤمن ންނޭވެ! شيطان ގެ نصر ވެރިންނާއި އިދިކޮޅަށް ކަލޭމެން ހަނގުރާމަކުރާށެވެ!” (އަންނިސާ: 76)

ކުއްފާރުންގެ ޖިހާދަކީ ކުފުރު ފެތުރުމަށާއި، ބިންތައް އަތުލުމަށާއި، ޝަރީޢަތް ފޮހެލުމަށާއި، މަސީހުއް ދައްޖާލު ގެނައުން އަވަސް ކުރުމާއި، ދުނިޔެވީ ނިޒާމުތައް ދެމެހެއްޓުމަށް ކުރާ ޖިހާދެކެވެ. އެހެނަސް މިޒަމާނުގެ ގިނަ މީހުން މިކަންކަމަށް ލޯމަރާލައެވެ. ކާފަރުން ކުރާ ޖިހާދަކީ އެއީ ޖިހާދެއް ކަމުގައިވާތަން ނުފެނެއެވެ.

މޮޑަނިސްޓް ސެކިއުލަރ ލިބަރަލުން އެމެރިކާގެ ކްރިސްޓިއަން ސަލީބީންނާއި ޔަހޫދީ ދަވްލަތުން ކުރަމުންދާ ތާޣޫތީ ޖިހާދު، މުސްލިމުން މަރަމުންދިޔުމާއި އެމީހުންގެ ބިންތައް ފަތަހަކޮށް އޮކިއުޕައި ކުރަމުންދިޔުން، މިކަންތައްތައް މިމީހުން ހުއްދަކުރަނީ “ޓެރަރިޒަމްއާ ދެކޮޅަށް ކުރާ ހަނގުރާމަ” އާއި ޚަވާރިޖުންނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ނަމުގައެވެ. އެމީހުން ޚަވާރިޖުންގެ ޢަމަލުތައް ބޭނުންކުރަނީ މީސްތަކުން ﷲގެ ދީނުން އެއްކިބާކުރުމަށެވެ.

ޞަޙާބީންގެ މަގަކީ މި ތިން މަގުފުރެދުމުގެ ދެމެދުގައިވާ މަގެވެ.

މުރުޖިއާ ލާ ޖިހާދީން: ޖިހާދު ދޫކޮށްލައި، ދުނިޔަވީ ދުނިޔެއާ އެކުވެރިވާ މުރުޖީން ގޮތުގައި ނުވެއެވެ.

ތަކްފީރީ ޖިހާދީން: ޖިހާދު އޮޅުވާލައި، އަނިޔާވެރިކަމާއެކު މަރާލާ ޚާރިޖީ މީހުން ގޮތުގައި ނުވިއެވެ.

ތާޣޫތީ ޖިހާދީން: ޝައިތާނާއާއި އޭނާގެ ވާޤިވެރިޔާ ދައްޖާލަށާއި ދުނިޔޭގެ ކުފުރަށްޓަކައި ހަނގުރާމަކުރާ މީހުން ފަދައިން ނުވެއެވެ.

ޞަޙާބީންގެ މަގުގައި ދަތުރުކުރާ މީހާ ސާފު މަގެއްގައި ހުރެއެވެ. އޭނާ އިލްމުގެ ޒަރީޢާއިން ޙައްޤު ފަތުރައެވެ. ބާރުގެ ޒަރީޢާއިން އެ ދިފާޢުކުރެއެވެ. އަދި އޭނާ ދިރިއުޅެނީ ވަޙީގެ މަތީގައެވެ. އުރެދުމުގެ މަތީގައެއް ނޫނެވެ. ފިނޑިކަމުގެ މަތީގައެއްވެސް ނޫނެވެ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَأَصْحَابِهِ أَجْمَعِينَ. غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ الْمُسْلِمِينَ.


كَتَبَهُ وَحَرَّرَهُ: ابْنُ لَيِّنٍ الْمَرَدُوْوِيِّ އިބްނު ލައްޔިން އަލް-މަރަދޫވީ

خَادِمُ الْعِلْمِ وَالسُّنَّةِ، وَعَبْدٌ فَقِيرٌ إِلَى عَفْوِ رَبِّهِ، أَسْأَلُ اللَّهَ أَنْ يُوَفِّقَنِي لِمَا يُحِبُّ وَيَرْضَى، وَأَنْ يَجْعَلَهُ خَالِصًا لِوَجْهِهِ الْكَرِيمِ