ނަބިއްޔާ ﷺ އެއްވެސް މީހަކަށް ކަނޑިން ދީން ޤަބޫލުކުރުމަށް މަޖުބޫރެއް ނުކުރައްވާ – އިބްނުލް އަލް-ޤައްޔިމް رحمه الله
“فَقُولَا لَهُ قَوْلًا لَيِّنًا” (طه: 44) ” ފަހެ، ތިޔަ ދެމީހުން އޭނާއަށް (ފިރުޢައުނަށް) މަޑުމައިތިރި ބަހުން ވާހަކަ ދައްކާށެވެ”!
﷽
އެންމެހައި ޙަމްދު ތަޢުރީފެއް ލިބިވޮޑިގެންވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އެކަލާނގެއީ ނޫޙުގެފާނާއި، އިބްރާހީމްގެފާނާއި، މޫސާގެފާނާއި، ޢީސާގެފާނާއި އަދި މުޙައްމަދުގެފާނުގެ ވެރި ރައްބެވެ. އެ އެންމެހައި ބޭކަލުންގެ މައްޗަށް ސަލާމާއި ޞަލަވާތް ލެއްވުން އެދި ދުޢާ ދަންނަވަމުން ބުނަމެވެ.
އިމާމް ابن القيم – އަބޫ ޢަބްދުﷲ މުޙައްމަދު ބިން އަބީ ބަކުރު އިބްނު ޤައްޔިމް އަލްޖަވްޒިއްޔާ رحمه الله އެބޭފުޅާ ލިޔުއްވި ފޮތް هداية الحيارى في أجوبة اليهود والنصارى (ޔަހޫދީންނާއި ނަޞާރާއިންގެ ސުވާލުތަކަށް ޖަވާބު ދިނުމުގައި މަގުފުރެދިފައިވާ (ނުވަތަ ޝައްކުވެރިވެފައިވާ) މީހުންނަށް ތެދުމަގު ދެއްކުން) [i] ފޮތުގައި ވިދާޅުވިއެވެ.
فَلَمَّا بَعَثَ اللَّهُ رَسُولَهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اسْتَجَابَ لَهُ وَلِخُلَفَائِهِ بَعْدَهُ أَكْثَرُ أَهْلِ الْأَدْيَانِ طَوْعًا وَاخْتِيَارًا “ފަހެ، ﷲ ތަޢާލާ އެކަލާނގެ ރަސޫލާ ﷺ ފޮނުއްވި ހިނދު، އެކަލޭގެފާނަށާއި އެކަލޭގެފާނަށްފަހު (ވެރިކަމަށް އައި) ޚަލީފާއިންނަށް، (އެކި) ދީންތަކުގެ އަހުލުވެރިންގެ ގިނަ ބަޔަކު އިޖާބަދިނީ ކިޔަމަންތެރި ކަމާއެކު އަމިއްލަ އިޚްތިޔާރުގައެވެ.”
وَلَمْ يُكْرِهْ أَحَدًا قَطُّ عَلَى الدِّينِ “އެކަލޭގެފާނު އެއްވެސް އިރެއްގައި އެއްވެސް މީހަކު ދީން [ޤަބޫލުކުރުމަށް] މަޖުބޫރެއް ނުކުރައްވައެވެ.”
وَإِنَّمَا كَانَ يُقَاتِلُ مَنْ يُحَارِبُهُ وَيُقَاتِلُهُ “އޭގެ ބަދަލުގައި، އެކަލޭގެފާނު ހަނގުރާމަ ކުރައްވަނީ އެކަލޭގެފާނާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، އެކަލޭގެފާނާ ދެކޮޅަށް ހަނގުރާމަ ކުރާ ކޮންމެ މީހަކާއެވެ.”
وَأَمَّا مَنْ سَالَمَهُ وَهَادَنَهُ فَلَمْ يُقَاتِلْهُ وَلَمْ يُكْرِهْهُ عَلَى الدُّخُولِ فِي دِينِهِ امْتِثَالًا لِأَمْرِ رَبِّهِ سُبْحَانَهُ وَتَعَالَى حَيْثُ يَقُولُ: لَا إِكْرَاهَ فِي الدِّينِ قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ “އެހެނަސް އެކަލޭގެފާނާއެކު ޞުލްޙަވެރިވެ (ސުލްހައިގެ އެއްބަސްވުމެއް ޤާއިމްކޮށްފައިވާ) ނުވަތަ އެކަލޭގެފާނާއެކު ހާދަނައެއް ޤާއިމްކޮށް (ވަކި މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުން) ވެއްޖެ މީހަކާ ދެކޮޅަކަށް އެކަލޭގެފާނު ހަނގުރާމައެއް ނުކުރައްވައެވެ. އަދި އެކަލޭގެފާނުގެ ދީނަށް ވަނުމަށް އެފަދަ މީހަކަށް މަޖުބޫރެއްވެސް ނުކުރައްވައެވެ. އެކަލޭގެފާނުގެ ވެރި ކަލާނގެ – ހުސްޠާހިރުވަންތަ އަދި މަތިވެރިވަންތަ އިލާހުގެ – އަމުރުފުޅަށް ތަބާވެވަޑައިގަންނަވަމުގެ ގޮތުންނެވެ. އެއިލާހު ވަޙީކުރައްވާފައިވާ ހިނދު: لَا إِكْرَاهَ فِي الدِّينِ قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ “ދީނުގައި މަޖުބޫރުކަމެއް ނެތެވެ. ހަމަކހަމަކަށަވަރުން ތެދުމަގު، މަގުފުރެދުމާ ވަކިވެ ބަޔާންވެއްޖެއެވެ.”
وَهَذَا نَفْيٌ فِي مَعْنَى النَّهْيِ، أَيْ لَا تُكْرِهُوا أَحَدًا عَلَى الدِّينِ، نَزَلَتْ هَذِهِ الْآيَةُ فِي رِجَالٍ مِنَ الصَّحَابَةِ كَانَ لَهُمْ أَوْلَادٌ، قَدْ تَهَوَّدُوا وَتَنَصَّرُوا قَبْلَ الْإِسْلَامِ، فَلَمَّا جَاءَ الْإِسْلَامُ أَسْلَمَ الْآبَاءُ وَأَرَادُوا إِكْرَاهَ الْأَوْلَادِ عَلَى الدِّينِ، فَنَهَاهُمُ اللَّهُ سُبْحَانَهُ وَتَعَالَى عَنْ ذَلِكَ حَتَّى يَكُونُوا هُمُ الَّذِينَ يَخْتَارُونَ الدُّخُولَ فِي الْإِسْلَامِ. “އަދި މިއީ ނަހީކުރުމުގެ މާނައިގައި އައިސްފައިވާ ނަފީކުރުމެކެވެ. އޭގެ މާނައަކީ “ތިޔަބައިމީހުން އެއްވެސް މީހަކު ދީނަށް މަޖުބޫރު ނުކުރާށެވެ.” މި އާޔަތް ބާވައިލެއްވުނީ ޞަޙާބީންގެ ތެރެއިން ބައެއް ފިރިހެން ބޭފުޅުންނާ ބެހޭގޮތުންނެވެ. އެބައިމީހުންގެ ދަރިން އިސްލާމްދީން އައުމުގެ ކުރިން ޔަހޫދީ ދީނަށް ނުވަތަ ނަޞާރާ ދީނަށް ވަދެފައިވިއެވެ. ދެން އިސްލާމްދީން އައި ހިނދު، ބަފައިން އިސްލާމްވެ، އަދި އެބައިމީހުން އެދުނީ އެބައިމީހުންގެ ދަރިން ދީނަށް ވެއްދުމަށް މަޖުބޫރުކުރުމަށެވެ. ފަހެ، ﷲ ސުބުޙާނަހޫ ވަތަޢާލާ އެބައިމީހުންނަށް އެކަން ނަހީކުރެއްވިއެވެ. އެއީ އެބައިމީހުން (ދަރިން) އަމިއްލައަށް އިސްލާމްދީނަށް ވަނުމަށް ޚިޔާރުކުރާ ބަޔަކު ކަމުގައި ވުމަށްޓަކައެވެ.”
وَالصَّحِيحُ: الْآيَةُ عَلَى عُمُومِهَا فِي حَقِّ كُلِّ كَافِرٍ “އަދި ޞައްޙަ ގޮތަކީ: މި އާޔަތް އޭގެ ޢާންމު މާނައިގައި ވަނީ ހުރިހާ ކާފިރުންގެ ހައްޤުގައި އެވެ.”
وَهَذَا ظَاهِرٌ عَلَى قَوْلِ مَنْ يُجَوِّزُ أَخْذَ الْجِزْيَةِ مِنْ جَمِيعِ الْكُفَّارِ، فَلَا يُكْرَهُونَ عَلَى الدُّخُولِ فِي الدِّينِ، بَلْ إِمَّا أَنْ يَدْخُلُوا فِي الدِّينِ، وَإِمَّا أَنْ يُعْطُوا الْجِزْيَةَ، كَمَا تَقُولُهُ أَهْلُ الْعِرَاقِ، وَأَهْلُ الْمَدِينَةِ، وَإِنِ اسْتَثْنَى هَؤُلَاءِ بَعْضَ عَبْدَةِ الْأَوْثَانِ. “އަދި މިއީ ހުރިހާ ކާފިރުންގެ ކިބައިން ޖިޒްޔަ ނެގުން ހުއްދަކުރާ މީހުންގެ ބަހުގެ މައްޗަށް ފާޅުކަންބޮޑު (ޞަރީޙަ) ކަމެކެވެ. އެހެންކަމުން އެބައިމީހުން ދީނަށް ވަނުމަށް މަޖުބޫރެއް ނުކުރެވޭނެއެވެ. އޭގެ ބަދަލުގައި، އެބައިމީހުން ދީނަށް ވަންނާނެއެވެ، ނުވަތަ ޖިޒްޔަ ދޭނެއެވެ. އިރާޤުގެ އަހުލުވެރިންނާއި މަދީނާގެ އަހުލުވެރިން ބުނާ ފަދައިންނެވެ. އެބައިމީހުން ބުދަށް އަޅުކަންކުރާ މީހުންގެ ތެރެއިން ބައެއް މީހުން އިސްތިސްނާ ކުރި ނަމަވެސްމެއެވެ.”
وَمَنْ تَأَمَّلَ سِيرَةَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ تَبَيَّنَ لَهُ أَنَّهُ لَمْ يُكْرِهْ أَحَدًا عَلَى دِينِهِ قَطُّ “ނަބިއްޔާ ﷺ ގެ ޙަޔާތްޕުޅާ މެދު ވިސްނާ ފިކުރުކުރާ ކޮންމެ މީހަކަށްވެސް ސާފުކޮށް އެނގިގެންދާނެ ކަމެއް އެއީ، އެކަލޭގެފާނު އެއްވެސް އިރެއްގައި، އެއްވެސް މީހަކު އެކަލޭގެފާނުގެ ދީން ޤަބޫލުކުރުމަށް މަޖުބޫރު ނުކުރެއްވި ކަމެވެ.”
وَأَنَّهُ إِنَّمَا قَاتَلَ مَنْ قَاتَلَهُ، وَأَمَّا مَنْ هَادَنَهُ فَلَمْ يُقَاتِلْهُ مَا دَامَ مُقِيمًا عَلَى هُدْنَتِهِ، لَمْ يَنْقُضْ عَهْدَهُ، بَلْ أَمَرَهُ اللَّهُ تَعَالَى أَنْ يَفِيَ لَهُمْ بِعَهْدِهِمْ مَا اسْتَقَامُوا لَهُ بَلْ أَمَرَهُ اللَّهُ تَعَالَى أَنْ يَفِيَ لَهُمْ بِعَهْدِهِمْ مَا اسْتَقَامُوا لَهُ كَمَا قَالَ تَعَالَى: فَمَا اسْتَقَامُوا لَكُمْ فَاسْتَقِيمُوا لَهُمْ “އޭގެ ބަދަލުގައި، އެކަލޭގެފާނު ހަނގުރާމަ ކުރެއްވީ އެކަލޭގެފާނާ ދެކޮޅަށް ހަނގުރާމަ ކުރި މީހުންނާ ދެކޮޅަށެވެ. އެކަލޭގެފާނާއެކު ހަނގުރާމަ ނުކުރުމުގެ އެއްބަސްވުމެއް ހެދި މީހުންނާ ދެކޮޅަކަށް، އެ އެއްބަސްވުމުގައި ދެމިތިބިހާ ހިނދަކު އަދި އެ އެއްބަސްވުމާ ޚިލާފުނުވާހާ ހިނދަކު، އެކަލޭގެފާނު އެއްވެސް އިރެއްގައި ހަނގުރާމައެއް ނުކުރެއްވިއެވެ. އަދިކިއެއް، މާތްﷲ އެކަލޭގެފާނަށް އަމުރުކުރެއްވީ އެ މީހުން އެއްބަސްވުމުގައި ދެމިތިބިހާ ހިނދަކު، އެ މީހުންނާއެކު ވެފައިވާ އެއްބަސްވުން ފުރިހަމަކުރުމަށެވެ. މާތްﷲ ވަޙީކުރެއްވި ފަދައިންނެވެ. فَمَا اسْتَقَامُوا لَكُمْ فَاسْتَقِيمُوا لَهُمْ “ފަހެ، އެބައިމީހުން ތިޔަބައިމީހުންނަށް ތެދުވެރިވެ ދެމިތިބިހާ ހިނދަކު، ތިޔަބައިމީހުންވެސް އެބައިމީހުންނަށް ތެދުވެރިވެ ދެމިތިބޭށެވެ.”
فَلَمَّا قَدِمَ الْمَدِينَةَ صَالَحَ الْيَهُودَ وَأَقَرَّهُمْ عَلَى دِينِهِمْ، فَلَمَّا حَارَبُوهُ وَنَقَضُوا عَهْدَهُ وَبَدَءُوهُ بِالْقِتَالِ قَاتَلَهُمْ، فَمَنَّ عَلَى بَعْضِهِمْ، وَأَجْلَى بَعْضَهُمْ، وَقَاتَلَ بَعْضَهُمْ. “އެކަލޭގެފާނު މަދީނާއަށް ވަޑައިގެންނެވި ހިނދު، ޔަހޫދީންނާއެކު ސުލްޙައިގެ އެއްބަސްވުންްވުންތައް ހެއްދެވިއެވެ. އަދި އެ މީހުންގެ ދީނުގައި ދެމިތިބުމަށް އިޤުރާރުވެވައިޑައިގަތެވެ. އެހެނަސް އެ މީހުން އެކަލޭގެފާނާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، އެއްބަސްވުން ނަގާލައި، އެކަލޭގެފާނާ ދެކޮޅަށް ހަނގުރާމަ ފެށި ހިނދު، އޭރުން އެކަލޭގެފާނުވެސް އެ މީހުންނާ ދެކޮޅަށް ހަނގުރާމަ ކުރެއްވިއެވެ. އޭގެ ފަހުން އެކަލޭގެފާނު އެބައިމީހުންގެ ތެރެއިން ބަޔަކަށް ދޫކޮށްލެއްވިއެވެ. އަނެއްބައި މީހުން ނެރުއްވައިލެއްވިއެވެ. އަދި އެބައިމީހުންގެ ތެރެއިން ބަޔަކާ ހަނގުރާމަކޮށް ޤަތުލު ކުރެއްވިއެވެ.”
وَكَذَلِكَ لَمَّا هَادَنَ قُرَيْشًا عَشْرَ سِنِينَ لَمْ يَبْدَأْهُمْ بِقِتَالٍ حَتَّى بَدَءُوا هُمْ بِقِتَالِهِ وَنَقْضِ عَهْدِهِ، فَحِينَئِذٍ غَزَاهُمْ فِي دِيَارِهِمْ، وَكَانُوا هُمْ يَغْزُونَهُ قَبْلَ ذَلِكَ كَمَا قَصَدُوهُ يَوْمَ الْخَنْدَقِ، وَيَوْمَ بَدْرٍ أَيْضًا هُمْ جَاءُوا لِقِتَالِهِ وَلَوِ انْصَرَفُوا عَنْهُ لَمْ يُقَاتِلْهُمْ. “ހަމައެފަދައިން، އެކަލޭގެފާނު ޤުރައިޝުންނާއެކު 10 އަހަރުގެ ހަނގުރާމަ ނުކުރުމުގެ އެއްބަސްވުމެއް ހެއްދެވި ހިނދު، އެ މީހުން އެއްބަސްވުމާ ޚިލާފުވެ އެކަލޭގެފާނާ ދެކޮޅަށް ހަނގުރާމަ ފަށަންދެން، އެކަލޭގެފާނު އެއްވެސް އިރެއްގައި އެ މީހުންނާ ދެކޮޅަށް ހަނގުރާމަ ނުފައްޓަވައެވެ. އެ މީހުން އެކަން ކުރި ހިނދު، އެކަލޭގެފާނު އެ މީހުންގެ (ދިޔާރުތަކުގައި) ބިމުގައި އެ މީހުންނާ ދެކޮޅަށް ހަނގުރާމަ ކުރެއްވިއެވެ. އަދި އެބައިމީހުން އޭގެ ކުރިން އެކަލޭގެފާނާ ހަނގުރާމަ ކުރަމުން ދިޔައެވެ. (އެބަހީ މަރާލުމަށް ހަމަލާ ދިނުމުގައިވިއެވެ). ޚަންދަޤު ހަނގުރާމައިގެ ދުވަހު އެބައިމީހުން އެކަލޭގެފާނާ ދެކޮޅަށް އައި ފަދައިންނެވެ. އަދި ބަދުރު ހަނގުރާމައިގެ ދުވަހުވެސް އެބައިމީހުން އައީ އެކަލޭގެފާނާ ހަނގުރާމަ ކުރުމަށެވެ. އަދި އެބައިމީހުން އެކަލޭގެފާނާ ދެކޮޅަށް ނުއައިނަމަ، އެކަލޭގެފާނު އެބައިމީހުންނާ ހަނގުރާމައެއް ނުކުރައްވާނެއެވެ.”
وَالْمَقْصُودُ أَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يُكْرِهْ أَحَدًا عَلَى الدُّخُولِ فِي دِينِهِ الْبَتَّةَ “މިތަނުގައި ބަޔާންކުރަން އެދޭ މަޤްޞަދަކީ، ނަބިއްޔާ ﷺ އެއްވެސް އިރެއްގައި، އެއްވެސް މީހަކު އެކަލޭގެފާނުގެ ދީނަށް ވަނުމަށް މަޖުބޫރެއް ނުކުރެއްވި ކަމެވެ.”
وَإِنَّمَا دَخَلَ النَّاسُ فِي دِينِهِ اخْتِيَارًا وَطَوْعًا، فَأَكْثَرُ أَهْلِ الْأَرْضِ دَخَلُوا فِي دَعْوَتِهِ لَمَّا تَبَيَّنَ لَهُمُ الْهُدَى، وَأَنَّهُ رَسُولُ اللَّهِ حَقًّا “އަދި ޞައްޙަ ގޮތަކީ: މި އާޔަތް އޭގެ ޢާންމު މާނައިގައި ވަނީ ހުރިހާ ކާފިރުންގެ ހައްޤުގައި އެވެ.”
وَإِنَّمَا دَخَلَ النَّاسُ فِي دِينِهِ اخْتِيَارًا وَطَوْعًا، فَأَكْثَرُ أَهْلِ الْأَرْضِ دَخَلُوا فِي دَعْوَتِهِ لَمَّا تَبَيَّنَ لَهُمُ الْهُدَى، وَأَنَّهُ رَسُولُ اللَّهِ حَقًّا “އޭގެ ބަދަލުގައި، މީސްތަކުން އެކަލޭގެފާނުގެ ދީނަށް ވަދެވަޑައިގަތީ އަމިއްލަ އިޚްތިޔާރުގައި، އެ މީހުންގެ ރުހުމާއެކުއެވެ. ބިންމަތީގައިވާ މީސްތަކުންގެ ގިނަ ބަޔަކު އެކަލޭގެފާނުގެ ދަޢުވަތަށް އިޖާބަދިނީ އެ މީހުންނަށް ތެދުމަގާއި ހިދާޔަތް ސާފުވެ، އެކަލޭގެފާނަކީ ޙައްޤުގޮތުގައި ﷲގެ ރަސޫލާކަން އެނގުމުންނެވެ.”
فَهَؤُلَاءِ أَهْلُ الْيَمَنِ كَانُوا عَلَى دِينِ الْيَهُودِيَّةِ وَأَكْثَرُهُمْ، كَمَا قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِمُعَاذٍ لَمَّا بَعَثَهُ إِلَى الْيَمَنِ: إِنَّكَ سَتَأْتِي قَوْمًا أَهْلَ كِتَابٍ فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَيْهِ شَهَادَةُ أَنْ لَا إِلَهَ إِلَّا اللَّهُ وَذَكَرَ الْحَدِيثَ، ثُمَّ دَخَلُوا فِي الْإِسْلَامِ مِنْ غَيْرِ رَغْبَةٍ وَلَا رَهْبَةٍ، وَكَذَلِكَ مَنْ أَسْلَمَ مِنْ يَهُودِ الْمَدِينَةِ، وَهُمْ جَمَاعَةٌ كَثِيرُونَ غَيْرُ عَبْدِ اللَّهِ مَذْكُورُونَ فِي كُتُبِ السِّيَرِ وَالْمَغَازِي، لَمْ يُسْلِمُوا رَغْبَةً فِي الدُّنْيَا وَلَا رَهْبَةً مِنَ السَّيْفِ، بَلْ أَسْلَمُوا فِي حَالِ حَاجَةِ الْمُسْلِمِينَ وَكَثْرَةِ أَعْدَائِهِمْ، وَمُحَارَبَةِ أَهْلِ الْأَرْضِ لَهُمْ “ފަހެ، މި ޔަމަނުގެ އަހުލުވެރިން ތިބީ ޔަހޫދީ ދީނުގެ މަތީގައެވެ. އަދި އެބައިމީހުންގެ ގިނަ މީހުން އެގޮތުގައި ތިއްބެވެ. ނަބިއްޔާ ﷺ މުޢާޛުގެފާނު ޔަމަނަށް ފޮނުއްވިއިރު އެ ބޭކަލުންނަށް ވިދާޅުވި ފަދައިން: ‘ތިބާ ތިދަނީ އަހުލުލް ކިތާބުގެ ތެރެއިން ބަޔަކު މީހުންގެ ގާތަށެވެ. އެހެންކަމުން، ތިބާ އެންމެ ފުރަތަމަ އެ މީހުންނަށް ގޮވާލާ ކަމަކަށް ވާންވާނީ شَهَادَةُ أَنْ لَا إِلَهَ إِلَّا اللَّهُ ‘އެބަހީ ﷲ ފިޔަވައި އަޅުކަންވެވުވުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވާކަމުގެ ހެކިބަސް ދިނުމަށެވެ.’ އަދި އެކަލޭގެފާނު ޙަދީޘް ބަޔާންކުރެއްވިއެވެ. ދެން އެ މީހުން އިސްލާމްދީނަށް ވަދެވަޑައިގަތީ އެއްވެސް ދުނިޔަވީ އެދުމަކަށް ނުވަތަ ބިރަކަށް ޓަކައެއް ނޫނެވެ. އަދި ހަމައެފަދައިން މަދީނާގެ ޔަހޫދީންގެ ތެރެއިން އިސްލާމްވި މީހުންވެސް ހަމައެގޮތަށެވެ. ހަމައެކަނި ޢަބްދުﷲ [އިބްނު ސަލާމް] އެކަންޏެއް ނޫނެވެ. ސީރަތާއި މަޣާޒީގެ ފޮތްތަކުގައި ބަޔާންވެގެންވެއެވެ. އެ މީހުން އިސްލާމްދީން ޤަބޫލުކުރީ އެއްވެސް ދުނިޔަވީ އެދުމަކަށް ނުވަތަ ކަނޑީގެ ބިރަކަށް ޓަކައެއް ނޫނެވެ. އޭގެ ބަދަލުގައި އެ މީހުން އިސްލާމްދީން ޤަބޫލުކުރީ މުސްލިމުން އެބައިމީހުންގެ ބޭނުމާއި ހާޖަތަށް ޖެހިފައިވާހާލު އަދި ގިނަ އަދާވާތްތެރިން އެބައިމީހުން ވަށައިލެވިފައިވާ ދަނޑިވަޅެއްގައެވެ. އަދި ބިމުގައިވާ މީސްތަކުން މުސްލިމުންނާ ދެކޮޅަށް ހަނގުރާމައިގައި ތިބި ދަނޑިވަޅެއްގައެވެ.” އިބްނު ޤައްޔިމްގެ ބަސްފުޅު ނިމުނީއެވެ.
ޖިހާދުގެ މައުޟޫ މިހާބޮޑަށް އޮޅުވާލެވިފައިވަނީ ކީއްވެ؟
އިސްލާމްދީނުގައި ޖިހާދުގެ މައުޟޫއަކީ ވަރަށް ގިނަ ބަޔަކަށް ވަރަށް ބޮޑަށް އޮޅުންއަރާފައިވާ މައުޟޫއެކެވެ. މިކަމަށް ވަނީ ގިނަގުނަ ސަބަބުތަކެއް މެދުވެރިވެފައެވެ.
އެންމެ މުހިންމު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ތަކްފީރީ ޚަވާރިޖުންނާއި ޛުލް ޚުވައިޞިރާގެ އެކި ގޮފިތައް ވުޖޫދުގައި ތިބުމެވެ. ޛުލް ޚުވައިޞިރާއަކީ ނަބިއްޔާ ﷺ އަށް “އޭ މުޙައްމަދުއެވެ! ކަލޭ އިންސާފުވެރިވާށެވެ. ހަމަކަށަވަރުން ކަލޭ ޢަދުލުވެރިނުވަމެވެ.” މިހެން ބުނި މީހާއެވެ. މި ޚަވާރިޖު ރަޢުޔު މީހުން ކުރިއަރުވަނީ ކުށްވެރި ހަރުކަށި ޖިހާދީ ވިސްނުމެކެވެ. މި ވިސްނުމަކީ މަގުފުރެދިފައިވާ، ބިދުޢަވެރި މީހުންގެ ފަރާތުން އިލްހާމް ލިބިގެން އައިސްފައިވާ ވިސްނުމެކެވެ. މި މީހުން ޖިހާދުގެ ޝަރުޠުތަކާއި، މަޤްޞަދުތަކާއި، އޭގެ ލާޒިމުވާ ކަންތައްތައް ދެނެގަންނަނީ އިސްލާމީ ނައްޞުތަކުގެ ޞައްޙަ އަދި އޮތްގޮތަށް ކުރެވޭ ފަހުމަކުން ނޫނެވެ. އަދި އިބްނު ތައިމިއްޔާ، އިބްނު ޤައްޔިމް އަދި މުޙައްމަދު ބިން ޢަބްދުލް ވައްހާބު ފަދަ މަތިވެރި ޢިލްމުވެރިންގެ ލިޔުންތަކަށް ބިނާކޮށެއްވެސް ނޫނެވެ. ކުރިއަށް އޮތްތަނުގައި މިކަން އިރާދަކުރެއްވިއްޔާ ސާފުވެގެންދާނެއެވެ.
ޙަޤީޤަތުގައި، ޝަރީޢަތުގައި ކަނޑައެޅިފައިވާ ޖިހާދުގެ ޙަޤީޤީ މާނައާއި މަތިވެރި މަޤްޞަދު އޮޅުވާލުމުގައި ޒިންމާވާންޖެހޭ ހަތަރު ފަސާދަވެރި ޖަމާޢަތެއް ވެއެވެ.
(1) މުރްޖިޢާ ލާ ޖިހާދީން: ޖިހާދު އިންކާރުކުރާ މީހުން
މިއީ އިސްލާމްދީނަށް ތަބާވާކަމަށް ބުނެ، މުސްލިމު އުންމަތުގެ ދިރިއުޅުމުގައި ޖިހާދުގެ ޝަރުޢީ އަދި ޢަމަލީ ދައުރު އިންކާރުކުރާ މީހުންނެވެ. އެމީހުން ދީން ކުޑަކޮށްލަނީ އެތެރޭގެ އީމާންކަމާއި ހެކިދިނުމަށެވެ. ޢަމަލުތައް – ޚާއްޞަކޮށް ހަނގުރާމަވެރި ޖިހާދު – މިއީ ބޭނުމެއްނެތް ނުވަތަ ޒަމާން ހަމަވެފައިވާ އެއްޗެއްގެ ގޮތުގައި ބުނެ ދޫކޮށްލައެވެ. އެމީހުން އަވަސްވެގަންނަނީ ތާޣޫތީ ވެރިންނަށް ކިޔަމަންތެރިވުމުގެ ނުވަތަ ހަމަނުޖެހުމުގެ ބިރުގެ ޢުޛުރުގެ ދަށުން މި ރުކުން ބާޠިލުކުރުމަށެވެ. ޙަޤީޤަތުގައި، އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ ހިތާމައާއެކު ބުނަންޖެހެނީ ބައެއްފަހަރު ގަސްތުގައި އަދި އަނެއްބައިފަހަރު ނޭނގި ހުރެ ނަމަވެސް ހުޅަނގުގެ އޭޖެންޓުންނެވެ. އެމީހުން މަސައްކަތްކުރަނީ އިސްލާމްދީނުގެ ދިފާޢީ އަދި ސިޔާސީ ކަންތައްތައް އަޑުފިލުވާލައި، އިސްލާމްދީން މަޑުމައިތިރި އަދި އޭގެ އިލާހީ ވާޖިބުތަކާ ގުޅުން ކެނޑިފައިވާ އެއްޗަކަށް ހެދުމަށެވެ.
(2) ޚަވާރިޖު ޖިހާދީން: ޖިހާދުގައި ހައްދުފަހަނައަޅާ ދާ މީހުން
މިއީ ޖިހާދުގެ ނަމުގައި ހުރިހާ ހައްދެއް ފަހަނައަޅައިދާ މީހުންނެވެ. އެމީހުން މުސްލިމުންނަށް ކާފިރުންގެ ޙުކުމް ކުރެއެވެ. ޝަރީޢަރީޢަތުގެ އެންމެހައި ޝަރުޠުތަކާއި އުޞޫލުތަކަށް އިޙްތިރާމް ނުކުރެއެވެ. އަދި ތަފާތެއްނެތި އަނިޔާވެރި ޢަމަލުތައް ހިންގައެވެ. އެމީހުން ރުޅިވެރިކަމާއި އުރެދުން ހަތިޔާރަކަށް ހަދައި، އޭގެ މައްޗަށް ދޮގު ދީނީކަމުގެ ފޭރާން އަޅުވައެވެ. މުރްޖިއާއިން ފަދައިން، މިމީހުންނަކީވެސް ހުޅަނގުގެ އޭޖެންޓުންނާއި އިބްލީހުގެ ސިފައިންގެ ލަޝްކަރެވެ. އެމީހުން ބޭނުންކުރެވެނީ ހަމަނުޖެހުން އުފެއްދުމަށާއި، އިސްލާމްދީނުގެ އަގު ވައްޓާލުމަށާއި، މުސްލިމު އާބާދީތަކަށް ޖާސޫސީވުމާއި ހަނގުރާމަކުރުން ޖާއިޒުކުރުމަށެވެ.
(3) ކާފިރު ނަޞްރާނީ ޔަހޫދީ ޖިހާދީން:
ޝައިޠާނުންނާއި ދޮގު ދީންތަކުގެ މަގުގައި ޖިހާދުކުރުން
މިއީ ޤައުމިއްޔަތާއި، ޑިމޮކްރަސީއާއި، ސޯޝަލިޒަމާއި، އިންޤިލާބުގެ ދިދަތަކުގެ ދަށުން ހަނގުރާމަކުރާ މީހުންނެވެ. މިއީ އިސްލާމްދީނާ އެއްކޮށް އަޖުނަބީ ކަންތައްތަކެވެ. އެމީހުން މިކަމަށް ކިޔަފާނެ “މުޤާވަމާ” “ސުލްހަ” “ޓެރަރިޒަމް ނެއްތުން” “ސުލްހައާއި އަމާންކަން ޤާއިމްކުރުން” “ޢަމިއްލަ ދިފާޢު” ނުވަތަ “މިނިވަންކަމަށް ޓަކައި ހަނގުރާމަކުރުން” އެވެ. އެހެނަސް އެމީހުންގެ ވަފާތެރިކަން އޮންނަނީ އިންސާނުން އުފައްދާފައިވާ ފިކުރުތަކަށާއި އިސްލާމީ ނޫން ލަނޑުދަނޑިތަކަށެވެ. އެމީހުން ހަނގުރާމަކުރަނީ ﷲގެ ޤާނޫނު ޤާއިމުކުރުމަކަށް ނޫނެވެ. އެހެނެއްކަމަކު ބާޠިލުގެ އަނިޔާވެރިކަމުން އެ ބަދަލުކުރުމަށެވެ. ނަބިއްޔާ ﷺ އިންޛާރު ދެއްވާފައިވެއެވެ.
“އަނދިރި ޢަޞަބިއްޔަތުގެ ދިދައެއްގެ ދަށުން ހަނގުރާމަކޮށް، އެކަމުގެ މައްޗަށް ރުޅިއައިސް، އެކަމަށް ގޮވާލައި، ނުވަތަ އެކަމަށް ނަޞްރުދީ، އެގޮތުގައި މަރުވެއްޖެ މީހާ، އެމީހާ މަރުވަނީ ޖާހިލިއްޔަ މަރަކުންނެވެ.” ()
(4) އިސްލާމޮފޯބުން، އޯރިއެންޓަލިސްޓުން، މޮޑަނިސްޓުން، އަދި ސެކިއުލަރިސްޓު ޖިހާދީން:
މިއީ އިސްލާމްދީނު ގެ ބޭރުގެ ދުޝްމަނުންނާއި އެތެރޭގެ އެކުވެރިންނެވެ. އެމެރިކާގެ ޞަލީބީންނާއި ޔަހޫދީ ޞަހުޔޫނީ ޒައިނިސްޓު ލޮބީތަކާއެކު، އިސްލާމްދީން އެތެރެއިން ނައްތާލުމަށް މަސައްކަތްކުރާ ސެކިއުލަރ ލާދީނީ އިޞްލާޙުވެރިންނާއި މޮޑަނިސްޓް ޑިމޮކްރަސީގެ ވިސްނުންތެރިންނެވެ. އެމީހުންގެ މަޤްޞަދަކީ ޖިހާދުގެ ޚިޔާލު ނައްތާލުމާއި، އޭގެ ސިޔާސީ އަދި ދިފާޢީ މާނަ ފުހެލުމާއި، އެއީ ވަޙްޝީ އެއްޗެއްގެ ގޮތުގައި ދެއްކުމެވެ. އެމީހުން ޚަވާރިޖުންގެ ލޭއޮހޮރުވުން ބޭނުންކުރަނީ ބިރުވެރިކަން ފެތުރުމަށެވެ. އަދި ހަމައެއާއެކު މުރްޖިއާއިންނާ އެކު މަސައްކަތްކުރަނީ އެއްވެސް ޙަޤީޤީ ޝަރުޢީ ޖިހާދުގެ އާލާވުމެއް ފިއްތާލުމަށެވެ. އެމީހުން ސިޔާސަތުތައް ލިޔެ، ތިންކް ޓޭންކްތަކަށް ފައިސާދީ، އަދި ދުނިޔޭގެ ޢާންމު ވާހަކަދެއްކުންތައް މެނިޕިއުލޭޓްކުރަނީ މުސްލިމުން ކިޔަމަންތެރިކޮށް އަޑުމަޑުކޮށްފައި ބޭތިއްބުމަށެވެ.
މި ޖަމާޢަތްތައް، ބޭރުފުށުން ތަފާތު ކަމަށް ފެނުނު ނަމަވެސް، އެއްބަޔަކު އަނެއްބަޔަކު ކިބައިން ކާނާ އާއި ބާރު ލިބިގަނެއެވެ. ޚަވާރިޖުން ސެކިއުލަރިސްޓުންނަށް ވަޒަން ދެއެވެ. މުރްޖިއާއިން އުންމަތް އަޑުމަޑުކުރުވައެވެ. ކާފިރު މުޖާހިދީން މުސްލިމު ޤައުމުތައް ގޮއްވައި ހަލާކު ކުރެއެވެ. އަދި އިސްލާމޮފޯބުން މި ހުރިހާ އެންމެން ބޭނުންކުރަނީ އިސްލާމްދީން ޖަންޖީރުއަޅުވައި އޮޅުވާލެވިފައި ބޭއްވުމަށެވެ.
ޙަޤީޤަތަކީ ތަކްފީރީ ހައްދުފަހަނައަޅާ ދިޔުމާއި މުރްޖިއާގެ އިންކާރުކުރުން، މި ދެބައިމީހުންނަކީވެސް ހުޅަނގުގެ އޭޖެންޓުންކަމެވެ. އެއް މަޤްޞަދަކަށް ޚިދުމަތްކުރާ ބައެކެވެ. އެމީހުންނަކީ، ޖުމްލަކޮށް ބަލާއިރު، އިބްލީސްގެ ސިފައިންނެވެ. ފިތުނައާއި، ބައިައިބައިވުމާއި، ނިކަމެތިކަމަށް މަގުފަހިކުރާ ބައެކެވެ. ﷲގެ ނަޞްރާއި މަދަދަށް އެދެމެވެ.
كَتَبَهُ وَحَرَّرَهُ: ابْنُ لَيِّنٍ الْمَرَدُوْوِيِّ އިބްނު ލައްޔިން އަލް-މަރަދޫވީ
خَادِمُ الْعِلْمِ وَالسُّنَّةِ، وَعَبْدٌ فَقِيرٌ إِلَى عَفْوِ رَبِّهِ، أَسْأَلُ اللَّهَ أَنْ يُوَفِّقَنِي لِمَا يُحِبُّ وَيَرْضَى، وَأَنْ يَجْعَلَهُ خَالِصًا لِوَجْهِهِ الْكَرِيمِ. وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَأَصْحَابِهِ أَجْمَعِينَ. غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ الْمُسْلِمِينَ.
[i] https://shamela.ws/book/22707/21#p3


