ޤުރުއާނާއި ސުންނަތުގައި ޖިހާދު ކުރުމަށް ކޮށްފައިވާ އަމުރު އަދި އޭގެ މާތްކަމުގެ އިންތިހާ – ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ (އުފަން 661 – ނިޔާ 726 ހ.) (رحمه الله) ވިދާޅުވިއެވެ.

وَالْأَمْرُ بِالْجِهَادِ وَذِكْرُ فَضَائِلِهِ فِي الْكِتَابِ وَالسُّنَّة أَكْثَرُ مِنْ أَنْ يُحْصَرَ.

“އަދި ޖިހާދުކުރުމަށް އަމުރުކުރުމާއި، އޭގެ މާތްކަންތައް (ފަޟީލަތްތައް) ޤުރުއާނާއި ސުންނަތުގައި ބަޔާންވެގެންވަނީ ގުނާލެވޭވަރަށްވުރެ ގިނައިންނެވެ.”

وَلِهَذَا كَانَ أَفْضَلَ مَا تَطَوَّعَ بِهِ الْإِنْسَانُ

“އަދި މިހެންވުމުގެ ސަބަބުން، އިންސާނާ އިޚްތިޔާރީގޮތުން ކުރާ އެންމެ މާތް ޢަމަލަކަށް އެ (ޖިހާދު) ވެގެންވެއެވެ.”

وَكَانَ بِاتِّفَاقِ الْعُلَمَاءِ أَفْضَلَ مِنْ الْحَجِّ وَالْعُمْرَةِ وَمِنْ الصَّلَاةِ التَّطَوُّعِ وَالصَّوْمِ التَّطَوُّعِ كَمَا دَلَّ عَلَيْهِ الْكِتَابُ وَالسُّنَّةُ

حَتَّى قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ

“އަދި ޢިލްމުވެރިންގެ އިއްތިފާޤުން، އެއީ (ޖިހާދު) ޙައްޖާއި ޢުމްރާއަށްވުރެ، އަދި ނަފުލު ނަމާދާއި ނަފުލު ރޯދައަށް ވުރެވެސް މާތްވެގެންވާ ކަމެކެވެ. ޤުރުއާނާއި ސުންނަތުން މިކަމަށް ދަލީލުކޮށްދޭ ފަދައިން، އެހާ މަތިވެރި ދަރަޖައަކަށް (ޖިހާދުގެ މާތްކަން) ވާސިލުވެފައިވާތީ، އެހާ މިންވަރަށް ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ.”

{ رَأْسُ الْأَمْرِ الْإِسْلَامُ وَعَمُودُهُ الصَّلَاةُ وَذِرْوَةُ سَنَامِهِ الْجِهَادُ }

“ކޮންމެ ކަމެއްގެ އަސާސަކީ، އިސްލާމު ދީނެވެ.  އަދި އޭގެ (އިސްލާމް ދީނުގެ) ތަނބަކީ ނަމާދެވެ. އެ އޭގެ އެންމެ އުސް ކުރި ބޯއްޓަކީ ޖިހާދެވެ.”

وَقَالَ : { إنَّ فِي الْجَنَّةِ لَمِائَةَ دَرَجَةٍ مَا بَيْنَ الدَّرَجَةِ وَالدَّرَجَةِ كَمَا بَيْنَ السَّمَاءِ وَالْأَرْضِ أَعَدَّهَا اللَّهُ لِلْمُجَاهِدِينَ فِي سَبِيلِهِ } مُتَّفَقٌ عَلَيْهِ  

ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެ އެވެ. “ހަމަކަށަވަރުން ސުވަރުގޭގައި ސަތޭކަ ދަރަޖަ ވެއެވެ. ކޮންމެ ދެ ދަރަޖައެއްގެ ދެމެދުގައިވާ ދުރުމިނަކީ އުޑާއި ބިމާ ދެމެދުގައިވާ ދުރުމިނެވެ. ﷲ އެ ދަރަޖަތައް ތައްޔާރުކުރައްވާފައިވަނީ އެކަލާނގެ މަގުގައި ޖިހާދުކުރާ މުޖާހިދުންނަށެވެ.” (މުއްތަފަޤުން ޢަލައިހި)

وَقَالَ : { مَنْ اغْبَرَّتْ قَدَمَاهُ فِي سَبِيلِ اللَّهِ حَرَّمَهُ اللَّهُ عَلَى النَّارِ } رَوَاهُ الْبُخَارِيُّ

ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެ އެވެ. “ﷲ ގެ މަގުގައި (ޖިހާދުގައި) އެމީހެއްގެ ދެފައި ހިރަފުސްވެއްޖެ މީހާ، ﷲ އެމީހަކު ނަރަކައިގެ އަލިފާނަށް ޙަރާމްކުރައްވައެވެ.” (ރިވާކުރައްވާފައިވަނީ އިމާމް ބުޚާރީ)

وَقَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { رِبَاطُ يَوْمٍ وَلَيْلَةٍ فِي سَبِيلِ اللَّهِ خَيْرٌ مِنْ صِيَامِ شَهْرٍ وَقِيَامِهِ . وَإِنْ مَاتَ أُجْرِيَ عَلَيْهِ عَمَلُهُ الَّذِي كَانَ يَعْمَلُهُ وَأَجْرِي عَلَيْهِ رِزْقُهُ وَأَمِنَ الْفَتَّانَ } رَوَاهُ مُسْلِمٌ

ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެ އެވެ. “ﷲ ގެ މަގުގައި އެއް ދުވަހާއި އެއް ރޭ (ސަރަޙައްދު) ބެލެހެއްޓުމަކީ އެއް މަސްދުވަހު ރޯދަހިފުމަށްވުރެ އަދި (އެ މަހުގެ) ރޭގަނޑުތަކުގައި ނަމާދުކުރުމަށްވުރެ ހެޔޮވެގެންވާ ކަމެކެވެ. އަދި އެމީހަކު (އެ ޙާލަތުގައި) މަރުވެއްޖެނަމަ، އޭނާ ކުރަމުން އައި ޢަމަލުގެ ސަވާބު އޭނާއަށް ދެމިގެންދާނެއެވެ. އަދި އޭނާގެ ރިޒުޤު (ސުވަރުގޭގައި) ދެމިގެންދާނެއެވެ. އަދި ޤަބުރުގެ ފިތުނައިން އޭނާ ސަލާމަތްވާނެއެވެ.” (ރިވާކުރައްވާފައިވަނީ އިމާމް މުސްލިމް)

وَفِي السُّنَنِ : { رِبَاطُ يَوْمٍ فِي سَبِيلِ اللَّهِ خَيْرٌ مِنْ أَلْفِ يَوْمٍ فِيمَا سِوَاهُ مِنْ الْمَنَازِلِ }

އަދި ސުނަނުތަކުގައި (ރިވާވެގެން) ވެއެވެ. “ﷲ ގެ މަގުގައި އެއް ދުވަހު (ސަރަޙައްދު) ބެލެހެއްޓުމަކީ، އެނޫން ތަންތަނުގައި (ހޭދަކުރާ) އެއްހާސް ދުވަހަށްވުރެ ހެޔޮވެގެންވާ ކަމެކެވެ.”

وَقَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { عَيْنَانِ لَا تَمَسُّهُمَا النَّارُ : عَيْنٌ بَكَتْ مِنْ خَشْيَةِ اللَّهِ وَعَيْنٌ بَاتَتْ تَحْرِصُ فِي سَبِيلِ اللَّهِ } قَالَ التِّرْمِذِيُّ حَدِيثٌ حَسَنٌ

ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެ އެވެ. “ދެ ލޯ ނަރަކައިގެ އަލިފާނުން ނުބީހޭނެ އެވެ. ﷲ އަށް ބިރުވެތިވުމުގެ ސަބަބުން ކަރުނަ އޮހޮރުވާ ލޯ އަދި ﷲ ގެ މަގުގައި ރޭގަނޑު ފާރަވެރިކަމަށް ހޭދަކުރި ލޯލެވެ.” (އިމާމް ތިރުމިޛީ ވިދާޅުވިއެވެ: މިއީ ޙަސަން ދަރަޖައިގެ ޙަދީޘްފުޅެކެވެ.)

وَفِي مُسْنَدِ الْإِمَامِ أَحْمَد : { حَرْسُ لَيْلَةٍ فِي سَبِيلِ اللَّهِ أَفْضَلُ مِنْ أَلْفِ لَيْلَةٍ يُقَامُ لَيْلُهَا وَيُصَامُ نَهَارُهَا }

އަދި އިމާމް އަޙްމަދުގެ މުސްނަދުގައި ވެއެވެ. “ﷲ ގެ މަގުގައި އެންމެ ރެއެއްގެ މުއްދަތަށް ފާރަވެރިވެ ހުރުން، ރޭގަނޑު ޤިޔާމުގައި ހޭދަކޮށް އަދި ދުވާލު ރޯދައަށް ހުންނަ އެއްހާސް ރެއަށްވުރެ މާތްވެގެންވާ ކަމެކެވެ.”

وَفِي الصَّحِيحَيْنِ : {أَنَّ رَجُلًا قَالَ : يَا رَسُولَ اللَّهِ أَخْبِرْنِي بِشَيْءِ يَعْدِلُ الْجِهَادَ فِي سَبِيلِ اللَّهِ ؟ قَالَ : لَا تَسْتَطِيعُ . قَالَ : أَخْبِرْنِي بِهِ ؟ قَالَ : هَلْ تَسْتَطِيعُ إذَا خَرَجَ الْمُجَاهِدُ أَنْ تَصُومَ لَا تُفْطِرُ وَتَقُومَ لَا تَفْتُرُ ؟ قَالَ لَا . قَالَ : فَذَلِكَ الَّذِي يَعْدِلُ الْجِهَادَ}

އަދި ދެ ޞަޙީޙު ފޮތުގައި ވެއެވެ. މާނަ: “ހަމަކަށަވަރުން މީހަކު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ﷲ ގެ މަގުގައި ކުރެވޭ ޖިހާދާ އެއްފަދަ ކަމެއް އަޅުގަނޑަށް އަންގަވައިދެއްވާށެވެ! ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. “ތިބާއަށް އެކަން ކުޅަދާނަވެގެން ނުވެއެވެ.” އެ މީހާ ދެންނެވިއެވެ. “އެފަދަ ކަމެއް އަޅުގަނޑަށް އަންގަވައިދެއްވާށެވެ!” ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ” މުޖާހިދު (ޖިހާދަށް) ނުކުންނަ ހިނދު، މެދުނުކެނޑި ރޯދަހިފުމަށް، މެދުނުކެނޑި ރޭގަނޑު ޤީޔާމުއް ލައިލި ނަމާދުކުރުމަށް، ތިބާއަށް ކުޅަދާނަވެގެން ވޭހެއްޔެވެ؟ އެ މީހާ ދެންނެވިއެވެ. “ނޫނެކެވެ.” ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ” ފަހެ، އެއީ ޖިހާދާ އެއްފަދަވެގެންވާ ކަމެކެވެ.”

وَفِي السُّنَنِ أَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : { إنَّ لِكُلِّ أُمَّةٍ سِيَاحَةٌ وَسِيَاحَةُ أُمَّتِي الْجِهَادُ فِي سَبِيلِ اللَّهِ}

ދި ސުނަނުތަކުގައި ވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ކޮންމެ އުއްމަތަކަށްވެސް ސިޔާޙަތެއް ނުވަތަ ޚާއްސަ ދަތުރުފަތުރެއް ވެއެވެ. އަދި ތިމަންކަލޭގެފާނުގެ އުއްމަތުގެ ސިޔާޙަތަކީ ﷲ ގެ މަގުގައި ކުރެވޭ ޖިހާދެވެ.”

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ (رحمه الله) އެއަށް ފަހު ވިދާޅުވިއެވެ.   

وَهَذَا بَابٌ وَاسِعٌ لَمْ يَرِدْ فِي ثَوَابِ الْأَعْمَالِ وَفَضْلِهَا مِثْلُ مَا وَرَدَ فِيهِ “އަދި މިއީ ވަރަށް ފުޅާ ބާބެކެވެ. ޢަމަލުތަކުގެ ޘަވާބާއި މާތްކަމުގައި، މި (ޖިހާދުގެ) ބާބުގައި އައިސްފައިވާ ފަދައިން އެހެން އެއްވެސް ބާބެއްގައި އައިސްފައެއް ނުވެއެވެ.”

وَهُوَ ظَاهِرٌ عِنْدَ الِاعْتِبَارِ فَإِنَّ نَفْعَ الْجِهَادِ عَامٌّ لِفَاعِلِهِ وَلِغَيْرِهِ فِي الدِّينِ وَالدُّنْيَا وَمُشْتَمِلٌ عَلَى جَمِيعِ أَنْوَاعِ الْعِبَادَاتِ الْبَاطِنَةِ وَالظَّاهِرَةِ فَإِنَّهُ مُشْتَمِلٌ مِنْ مَحَبَّةِ اللَّهِ تَعَالَى وَالْإِخْلَاصِ لَهُ وَالتَّوَكُّلِ عَلَيْهِ وَتَسْلِيمِ النَّفْسِ وَالْمَالِ لَهُ وَالصَّبْرِ وَالزُّهْدِ وَذِكْرِ اللَّهِ وَسَائِرِ أَنْوَاعِ الْأَعْمَالِ : عَلَى مَا لَا يَشْتَمِلُ عَلَيْهِ عَمَلٌ آخَرُ .وَالْقَائِمُ بِهِ مِنْ الشَّخْصِ وَالْأُمَّةِ بَيْنَ إحْدَى الْحُسْنَيَيْنِ دَائِمًا. إمَّا النَّصْرُ وَالظَّفَرُ وَإِمَّا الشَّهَادَةُ وَالْجَنَّةُ .

“އަދި މިއީ ވިސްނާ ފިކުރުކުރާ މީހަކަށް ވަރަށް ސާފުކޮށް އެނގޭނެ ކަމެކެވެ. ހަމަކަށަވަރުން ޖިހާދުގެ މަންފާއަކީ އެކަން ކުރާ މީހާއަށާއި އެހެން މީހުންނަށްވެސް ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުން ލިބޭ ޢާންމު މަންފާއެކެވެ. އަދި އެއީ އެތެރެފުށުގެ އަދި ބޭރުފުށުގެ އެންމެހައި ބާވަތްތަކުގެ އަޅުކަންތައް އެކުލެވިގެންވާ ކަމެކެވެ. ހަމަކަށަވަރުން އޭގައި އެކުލެވިގެންވަނީ މާތްވެގެންވާ ﷲ އަށް ލޯބިކުރުމާއި، އެކަލާނގެއަށް އިޚްލާޞްތެރިވުމާއި، އެކަލާނގެއަށް ތަވައްކުލުކުރުމާއި، ނަފްސާއި މުދާ އެކަލާނގެއަށް ޙަވާލުކުރުމާއި، ކެތްތެރިވުމާއި، ޒުހުދުވެރިވުމާއި، ﷲ ހަނދުމަކުރުމާއި، އަދި އެހެނިހެން އެންމެހައި ބާވަތްތަކުގެ ޢަމަލުތަކެވެ. މިއީ އެހެން އެއްވެސް ޢަމަލެއްގައި މިހާ ފުރިހަމައަށް އެކުލެވިގެންނުވާ ކަންތައްތަކެކެވެ. އަދި މި (ޖިހާދުގެ) ޢަމަލު ކުރާ މީހާއާއި އުއްމަތް ވަނީ އަބަދުވެސް ދެ ހެވުގެ ތެރެއިން އެއް ހެވެއްގައެވެ. އެއީ ނަޞްރާއި ކާމިޔާބު ނުވަތަ ޝަހާދަތާއި ސުވަރުގެއެވެ.”

فَإِنَّ الْخَلْقَ لَا بُدَّ لَهُمْ مِنْ مَحْيَا وَمَمَاتٍ فَفِيهِ اسْتِعْمَالُ مَحْيَاهُمْ وَمَمَاتِهِمْ فِي غَايَةِ سَعَادَتِهِمْ فِي الدُّنْيَا وَالْآخِرَةِ وَفِي تَرْكِهِ ذَهَابُ السَّعَادَتَيْنِ أَوْ نَقْصُهُمَا ؛ فَإِنَّ مِنْ النَّاسِ مَنْ يَرْغَبُ فِي الْأَعْمَالِ الشَّدِيدَةِ فِي الدِّينِ أَوْ الدُّنْيَا مَعَ قِلَّةِ مَنْفَعَتِهَا فَالْجِهَادُ أَنْفَعُ فِيهِمَا مِنْ كُلِّ عَمَلٍ شَدِيدٍ وَقَدْ يَرْغَبُ فِي تَرْفِيهِ نَفْسِهِ حَتَّى يُصَادِفَهُ الْمَوْتُ فَمَوْتُ الشَّهِيدِ أَيْسَرُ مِنْ كُلِّ مِيتَةٍ وَهِيَ أَفْضَلُ الْمِيتَاتِ .

“ހަމަކަށަވަރުން މަޚްލޫޤުންނަށް ކޮންމެހެން ދިރިއުޅިއުޅުމަކާއި މަރުވުމެއް ވާނެއެވެ. ފަހެ، ޖިހާދުގައި އެބައިމީހުންގެ ދިރިއުޅުމާއި މަރު ބޭނުންކުރެވެނީ ދުނިޔެއާއި އާޚިރަތުގައި އެބައިމީހުންގެ އެންމެ މަތިވެރި އުފާވެރިކަން ޙާޞިލުކުރުމަށެވެ. އަދި ޖިހާދު ދޫކޮށްލުމުގައި ވަނީ ދެ އުފާވެރިކަން (ދުނިޔެއާއި އާޚިރަތުގެ) ގެއްލުން ނުވަތަ އުނިވުމެވެ. ހަމަކަށަވަރުން މީސްތަކުންގެ ތެރޭގައި ވަނީ ދީނީ ނުވަތަ ދުނިޔަވީ ގޮތުން އުނދަގޫ ޢަމަލުތަކަށް ޝައުޤުވެރިވާ ބަޔެކެވެ، އޭގެ މަންފާ މަދުވީނަމަވެސް. ފަހެ، ޖިހާދަކީ މި ދެކަމުގައިވެސް (ދީނާއި ދުނިޔޭގައި) ކޮންމެ އުނދަގޫ ޢަމަލަކަށްވުރެ މަންފާ ބޮޑު ކަމެކެވެ. އަދި ބައެއް މީހުން އެމީހުންގެ ނަފްސަށް އަރާމުކޮށްދިނުމަށް ޝައުޤުވެރިވެއެވެ، މަރު އައިސް ޖެހެންދެނެވެ. ފަހެ، ޝަހީދުގެ މަރަކީ ކޮންމެ މަރަކަށްވުރެ ފަސޭހަ މަރެކެވެ. އަދި އެއީ އެންމެ މާތްވެގެންވާ މަރެވެ.” (މަޞްދަރު: އަލް މަޖްމޫޢުލް ފަތާވާ، އަލްބާޒް މުޖައްލަދު، 28/352) مجموع الفتاوى ( الباز المعدلة ) (28/ 352)

އަސަރުވެރި ބަސްކޮޅެއް

ޝައިޚުލް އިސްލާމްގެ ޙިކުމަތްތެރި ބަސްފުޅުތައް ނިމުމަކަށް އައިސްފިއެވެ. އެ މަތިވެރި ޢިލްމުވެރިޔާގެ އިޚްލާޞްތެރިކަމުގެ ނަމޫނާ ފާހަގަކޮށްލަލަމެވެ. މި ލިޔުން ތައްޔާރުކުރުމުގައި، ޝައިޚުލް އިސްލާމްގެ ބަސްފުޅުތަކުން އަޅުގަނޑުގެ ހިތަށް ފުން އަސަރެއް ކުރިއެވެ. އެ ބަސްފުޅުތަކުގެ ބުރަދަނުން ހިތް ބަރުވެ، ލޮލުން ކަރުނަ އޮހޮރުނެވެ. ތިޔަ އަޚުންނާއި އުޚްތުންގެ ހިތްތަކަށްވެސް މި ބަސްފުޅުތަކުގެ އަސަރު ފޯރާނެކަން ޔަޤީނެވެ.

އިޚްލާޞްތެރި ނިޔަތާއެކު ﷲ ގެ މަގުގައި ޖިހާދުކުރުމުގެ ޝައުޤުވެރިކަން އަޅުގަނޑުގެ ހިތުގައި އިތުރުވެއްޖެއެވެ. މާތް ﷲ އަށް ދުޢާ ދަންނަވަމެވެ. އެއީ މިއަޅާގެ ހިތުގައި ޖިހާދުގެ ލޯބި އަށަގަންނަވައި، ޝަހީދުންގެ މަތިވެރި ދަރަޖަ ދެއްވައި، އެންމެ ފަހު ވަގުތާ ހަމައަށްވެސް މިއަޅާގެ ހިތުގައި އީމާންކަން ސާބިތުކޮށްދެއްވުމަށެވެ.

އަދި މިއަޅާގެ ދުޢާއަކީ، މި ލިޔުން ކިޔުމަށްފަހު ﷲ ގެ މަގުގައި ޝަރުޢީ ޖިހާދުކުރާ ކޮންމެ މީހެއްގެ ސަވާބާއި، މީގެ ފަހުން ﷲ ގެ މަގުގައި ޖިހާދު އަދި ރިބާޠު ކުރުމަށް ނިޔަތްގަންނަ މީހާގެ ޢަމަލުގެ ސަވާބު މިއަޅާއަށް ދެއްވުމެވެ.

އަޅުގަނޑުމެން އެންމެންނަށްވެސް ﷲ ގެ މަގުގައި ޖިހާދުކުރުމުގެ ހެޔޮ ތައުފީޤު ދެއްވައި، އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގައި ދިރިއުޅެ، އެކަލާނގެ ރުހިވޮޑިގަންނަވާ ޙާލުގައި މަރުވުމުގެ ނަޞީބު ދެއްވާށިއެވެ. އާމީން.

ބަޔާންވެ ދިޔަ ހަދީޘްތަކުން ލިބުނު ފާއިދާތައް:

  1. އިސްލާމްކަން: މިއީ ދީނުގެ އަސާސް އަދި ބިންގާ
  2. ނަމާދު: މިއީ ދީން ތެދުވެ ހުންނަ ތަނބު
  3. ޖިހާދު: މިއީ ދީނުގެ އެންމެ މަތީ ދަރަޖަ.
  4. ޖިހާދާ އެއްފަދަ ޢަމަލެއް ކުރުމުގެ ދަތިކަން.
  5. ނަބިއްޔާ ﷺ ގެ ޙިކުމަތްތެރި ޖަވާބުދެއްވުން.
  6. ޞަޙާބީންގެ ޢިލްމު އުނގެނުމުގެ ޝައުޤުވެރިކަން.
  7. ނަބިއްޔާ ﷺ ގެ އަރިހުން ސުވާލުކުރުމުގެ އަދަބުތައް.
  8. ޖިހާދާ އެއްފަދަ ޢަމަލެއް ހޯދުމަށް ސަހާބީންގެ ޝައުޤުވެރިކަން.
  9. އިސްލާމީ ސަރަޙައްދުތައް ރައްކާތެރިކުރުމުގެ މަތިވެރިކަން.
  10. ﷲ ގެ މަގުގައި ކުރެވޭ ކުޑަ ޢަމަލެއްގެ މާތްކަންވެސް ވަރަށް ބޮޑުވެގެންވާކަން.
  11. ﷲ ގެ މަގުގައި ޖިހާދުކުރުމުގެ މާތްކަމާއި، އޭގެ ސަބަބުން ލިބޭ ދަރުމައިގެ ބޮޑުކަން.
  12. ރޭގަނޑު ވަގުތު ﷲ އަށް އަޅުކަންކުރުމަށް ހޭދަކުރުމުގެ މުހިންމުކަން.
  13. ނަރަކައިން ސަލާމަތްވުމުގެ ވަސީލަތެއްގެ ގޮތުގައި ލޯ ބޭނުންކުރުމުގެ މުހިންމުކަން
  14. ލޯ ބޭނުންކޮށްގެން ކުރެވޭ ހެޔޮ ޢަމަލުތަކުގެ މާތްކަން
  15. ﷲ އަށް ބިރުވެތިވެ ރޮވުމުގެ މާތްކަން
  16. ދުނިޔޭގައި ކުރަމުން އައި ހެޔޮ ޢަމަލުތަކުގެ ސަވާބު ޖިހާދުގެ ސަބަބުން ދެމިގެންދާކަން
  17. ޖިހާދުގެ ސަބަބުން ސުވަރުގޭގައި ދެމިގެންދާ ރިޒުޤު ލިބުން.
  18. ޖިހާދުގެ ސަބަބުން ޤަބުރުގެ ފިތުނައިން ސަލާމަތްވުން.
  19. ޝަހީދުންނަށް ލިބޭ ޚާއްޞަ މަތިވެރިކަމާއި ދަރަޖަ.
  20. ޖިހާދުގެ ސަބަބުން ލިބޭ އުނދަގޫތަކާއި ވޭންތަކަށް ކެތްތެރިވުމުގެ މުހިންމުކަން.
  21. ﷲ ގެ މަގުގައި މަސައްކަތްކުރާ މީހުންނަށް ލިބޭ ޚާއްޞަ ރައްކާތެރިކަން.
  22. ސުވަރުގޭގައި 100 ދަރަޖަ ވާކަން.
  23. ކޮންމެ ދެ ދަރަޖައެއްގެ ދެމެދުގައިވާ ދުރުމިނަކީ އުޑާއި ބިމާ ދެމެދުގައިވާ ދުރުމިން ކަން.
  24. މި ދަރަޖަތައް ޚާއްޞަކުރެވިފައިވަނީ ﷲ ގެ މަގުގައި ޖިހާދުކުރާ މީހުންނަށްކަން.
  25. އިސްލާމީ އުއްމަތުގެ ސަޔާޙަތަކީ (ދަތުރު ފަތުރަކީ، އަސްލު ޓޫރިޒަމް އަކީ) ޖިހާދުކަން.
  26. ކޮންމެ އުއްމަތަކަށްވެސް ޚާއްޞަ ދަތުރުފަތުރެއް ވާކަން.

މުސްލިމުންގެ ސަރަޙައްދުތައް ރައްކާތެރި ކުރުމަކީ ޖިހާދު

رِبَاطُ (ރިބާޠު): ސަރަޙައްދީ ރައްކާތެރިކަމަކީ އިސްލާމީ ލަޝްކަރުތަކުގެ ސަރަޙައްދުތައް ނުވަތަ އިސްލާމީ އިސްލާމީ ޤައުމުތަކުގެ ސަރަޙައްދުތައް، އިސްލާމީ ބިންތަކުގެ ބޯޑަރުތައް ބެލެހެއްޓުމާއި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ކިޔާ ނަމެކެވެ. މީގެ ތެރޭގައި ހިމެނެނީ:

  1. މުސްލިމުންގެ ހަނގުރާމައިގެ ލަޝްކަރުތަކުގެ ސަރަޙައްދުތައް ބެލެހެއްޓުން އަދި ރައްކާތެރިކުރުން.
  2. މުސްލިމުންގެ ބިންތަކުގެ ބޯޑަރުތައް ބެލެހެއްޓުން.
  3. އިސްލާމީ ޤައުމުތަކުގެ ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުން.
  4.  ދުޝްމަނުންގެ ހަމަލާތަކުން މުސްލިމުންގެ ބިންތައް ރައްކާތެރިކުރުން
  5. މުސްލިމުންގެ ސަރަޙައްދުތަކަށް ވަދެނިކުމެވާ މީހުން ބެލެހެއްޓުން.
  6. މުސްލިމުންގެ ބިންތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފާރަލުން.

އިސްލާމީ ޝަރީޢަތުގައި މިފަދަ މަސައްކަތްތަކަށް ކިޔަނީ “ރިބާޠު” އެވެ. މިއީ ވަރަށް މާތް އަދި ދަރުމަ ބޮޑު ޢަމަލެއްގެ ގޮތުގައި އިސްލާމްދީނުގައި ކަނޑައެޅިފައިވާ ކަމެކެވެ. ކުރިން ދެންނެވުނު ޙަދީޘްފުޅުގައި ބަޔާންވެގެންވާ ފަދައިން، މިފަދަ މަސައްކަތެއްގައި އެންމެ ދުވަހަކު ހޭދަކުރުމުގެ ސަވާބު، އެއް މަސްދުވަހުގެ ރޯދައާއި ރޭގަނޑު ނަމާދުގެ ސަވާބަށްވުރެ މާ ބޮޑުވެގެންވެއެވެ. މި ހުރިހާ މަސައްކަތަކީވެސް އިޚްލާޞްތެރިކަމާއެކު ﷲ ގެ ރުހިވޮޑިގަތުން އެދިގެން ﷲ ގެ މަގުގައި (ޝައިތާނާއާއި ކުފުރާއި ފިސްޤުގެ މަގުގައެއް ނޫން) ކުރެވޭނަމަ، އިސްލާމްދީނުގައި ވަރަށް މަތިވެރި ދަރަޖަ ލިބިގެންވާ ޢަމަލުތަކެކެވެ.

ރިބާޠުގެ ތެރެއަށް ވަންނާނެ ކަންތައް ތަކުގެ ތެރޭގައި:

  1. ﷲ ގެ މަގުގައި ޖިހާދު ކުރާ މުޖާހިދުންގެ ރިބާޠީ ސަފުތައް
  2. މުސްލިމު ސިފައިންނާއި ފުލުހުންގެ ޚިދުމަތް.
  3. މުސްލިމުންގެ ބޯޑަރ ކޮންޓްރޯލް އަދި އިމިގްރޭޝަން މަސައްކަތްތައް
  4. މުސްލިމުންގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތްތައް.
  5.  މުސްލިމުންގެ އެއަރޕޯޓް ސެކިއުރިޓީ
  6. މުސްލިމުންގެ ޤައުމީ ސަލާމަތާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް.
  7. މުސްލިމުންގެ ލަޝްކަރީ މަރުކަޒުތައް ބެލެހެއްޓުން
  8. މުސްލިމުންގެ ހަނގުރާމަވެރި ސަރަޙައްދުތަކުގައި ފާރަލުން
  9. މުސްލިމުންގެ ލަޝްކަރީ ތަކެތި އަދި މަޢުލޫމާތު ރައްކާތެރިކުރުން.
  10. މުސްލިމުންގެ ލަޝްކަރީ ޕޯސްޓުތަކާއި ޗެކްޕޮއިންޓްތައް ބެލެހެއްޓުން.

މި ހުރިހާ މަސައްކަތަކީވެސް އިސްލާމްދީނުގައި ވަރަށް މަތިވެރި ދަރަޖަ ލިބިގެންވާ ޢަމަލުތަކެކެވެ. އަދި މިއީ “ރިބާޠު” ގެ މަފްހޫމުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ އެވެ.