ފަލަޞްޠީނު ހިފީ ބާރުން، އެ މިންޖުވާނީ ބާރުން – އިބްނު އުޘައިމީން

💎الشَّيْخُ العَلَّامَةُ فَقِيهُ الزَّمَانِ مُحَمَّدُ بْنُ صَالِحٍ العُثَيْمِينُ رَحِمَهُ اللَّهُ މި ޤަރުނުގެ ފަޤީޙު، އައް-ޢައްލާމާ މުޙައްމަދު ބިން ޞާލިޙް އަލްޢުޘައިމީން رحمه الله، އެކަލޭގެފާނު އަވަހާރަވުމުގެ ކުރިން (2001 ވަނަ އަހަރުގެ ކުރިން) ސައުދީ އަރަބިއްޔާގައި ދެއްވި ހުކުރު ޚުޠުބާއެއްގައި ވިދާޅުވިއެވެ.

“ނަމަވެސް، އެބައިމީހުން (ޔަހޫދީން) މަސްޖިދުލް އަޤްޞާ އިސްތިޢުމާރުކޮށްގެން ތިބުމަށް ގަދައަޅައި ދެމިތިބޭނެކަން އަހަރެމެން ދަންނަމުއެވެ. އަހަރެމެންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެތަން އިސްތިޢުމާރުކުރުމާ ބެހޭގޮތުން ވާހަކަދައްކަމުން އެބައިމީހުންގެ ބޮޑުވަޒީރު ބުންޏެވެ. ‘އިސްރާއީލުން ތަލްއަވީވް ދޫކޮށްލުމަކީ ވާނެކަމެއް ކަމުގައި ވިޔަސް، އޫރުޝަލީމް (ޤުދުސް) ދޫކޮށްލުމަކީ ވާނެކަމެއް ނޫނެވެ.’ އަހުރެން ބުނަމެވެ. އާނއެކެވެ، ބާރުގެ (އީމާންކަމާއި، ޝައުޢީ ޖިހާދު) ބޭނުންކޮށްގެން މެނުވީ ޔަހޫދީން ޤުދުސްއެއް ދޫނުކުރާނެއެވެ. އަދި ޢައްޒަ ވަޖައްލަ ﷲ ގެ ނަޞްރާ އެކުގައި މެނުވީ އެއްވެސް ބާރެއް ނުވެއެވެ. އަދި އެކަލާނގެ ދީނަށް ނަޞްރުދީގެން މެނުވީ ﷲ ގެ ޙަޟްރަތުން ނަޞްރެއް ނުލިބޭނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُوا إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ ﴾  (މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް (އެބަހީ: އެކަލާނގެ ދީނަށް) ނަޞްރުދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަޞްރުދެއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ފައިތިލަތައް ސާބިތުކޮށްދެއްވާނެތެވެ.)

ހަމަކަށަވަރުން ﷲ ޢައްޒަ ވަޖައްލަގެ ނަޞްރު ލިބުންވަނީ، އެކަލާނގެއަށް އަޅުކަންކުރުމާއި، ބޭރުފުށުންނާއި އެތެރެފުށުން އެކަލާނގެ ޝަރީޢަތުގައި ހިފެހެއްޓުމާއި، އެކަލާނގެ ޙަޟްރަތުން ވާގިއެދުމާއި، އަދި އަހަރެމެންނަށް ކުޅަދާނަވީ އެންމެ މަތީ މިންވަރަކަށް މާއްދީ (ހަތިޔާރުން) އަދި މާނަވީ (ތަޥްޙީދާއި، އީމާނާއި، ސުންނަތުން) ބާރުވެރިކަން ތައްޔާރުކުރުމަށް އަމުރުކުރައްވާފައިވާ ފަދައިން އެކަންކަން ތައްޔާރުކުރުމުގެ މައްޗަށެވެ. އެއަށްފަހު، ﷲ ގެ ކަލިމަފުޅު އެންމެ މަތިވެރިކުރުމަށްޓަކައި (ޖިހާދު) ހަނގުރާމަކުރުމެވެ.

އޭ މުސްލިމުންނޭވެ! އަހަރެމެންގެ ބިންތަކުން ﷲ ގެ ދުޝްމަނުން ބޭރުކުރަން މަސައްކަތްކުރަމުން، އެބައިމީހުންގެ މަގުފުރެދިފައިވާ ފިކުރުތަކަށް ލެނބި، އެބައިމީހުންގެ ދަށުދަރަޖައިގެ އަޚްލާޤުން ތަޣައްޔަރުވެ، އެބައިމީހުން އަހަރެމެންގެ ހިތްތަކުގައި ވަޒަންވެރިކުރުވުމަކީ ކިހިނެއްވާނެ ކަމެއް ހެއްޔެވެ؟ ނުވަތަ އަހަރެމެންގެ ބިންތަކުން އެބައިމީހުން ބޭރުކުރަން މަސައްކަތްކުރަމުން، އަހަރެމެންގެ އުންމަތުގެ މުސްތަޤުބަލުގެ ޖީލުތައް އެބައިމީހުންނާ ގުޅުވައި، އެބައިމީހުންގެ ކުނިވެފައިވާ ފިކުރުތައް ދިރުވައި ނުވަތަ އެއިން އުފާލިބިގަނެ، އެއަށްފަހު އެނބުރި އައިސް އަހަރެމެންގެ ތެރެއަށް އެ ފިކުރުތައް އުކުމަކީ ކިހިނެއްވާނެ ކަމެއް ހެއްޔެވެ؟ ނުވަތަ އަހަރެމެންގެ ބިންތަކުން އެބައިމީހުން ބޭރުކުރަން މަސައްކަތްކުރަމުން، އެބައިމީހުންގެ ފަރާތުން އަންނަ ފިތުނަވެރި ފިލްމުތަކާއި މަގުފުރައްދާ ނޫސްތަކަށް މަރުޙަބާ ކިޔުމަކީ ކިހިނެއްވާނެ ކަމެއް ހެއްޔެވެ؟ އަހަރެމެން މިކަންކަން ކުރަމުންދާ ޙާލުގައި، އަހަރެމެންގެ ބިންތަކުން އެބައިމީހުން ބޭރުކުރަން މަސައްކަތްކުރުމަކީ، އެކަތި އަނެކައްޗާ ދެކޮޅު (އިދިކޮޅު) ދެކަމެއް އެއްކުރަން އުޅުން ފަދަ ކަމެކެވެ. އެފަދައިން ކަންކުރަން އުޅޭ ކޮންމެ މީހަކު އެވަނީ ސަލާމަތްތެރި ނޫން (ކާމިޔާބު ނުވާނެ) މަގަކުން ހިނގާފައެވެ.”

💎 މަޞްދަރު

بسم الله الرحمن الرحيم

الحمد لله رب العالمين، وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين، أما بعد

މިއަދުގެ މުސްލިމުންނަށް ހުރި މުހިންމު ފިލާވަޅުތަކެއް:

ސިޔާސީ ކަންކަމާއި ޖަޒުބާތަށްވުރެ ތައުޙީދު އިސްކުރުން

ނަޞާރާއިން ޢީސާ عليه السلام މެދު އަދި ޔަހޫދީން ޢުޒައިރުއާމެދު ޙައްދުފަހަނަޅައިދިޔަ ފަދައިން، ރާފިޟީން ޢަލީ رضي الله عنه  މެދު ޙައްދުފަހަނަޅައިދިޔައެވެ.

  • ބައެއް ރާފިޟީން ބުނާގޮތުގައި ޢަލީގެފާނަކީ ﷲ އެވެ.
  • ޔަހޫދީން ބުނީ ޢުޒައިރުގެފާނަކީ ﷲގެ ދަރިކަލެއް ކަމަށެވެ.
  • ނަޞާރާއިން ބުނަނީ އަލް-މަސީޙު އަކީ ﷲ ކަމަށެވެ.

މާތް ﷲ ވާހަކަފުޅުދައްކާވޮޑިގަންނަވައި ބަސްފުޅު ވަޙީކުރެއްވިއެވެ. ﴿وَقَالَتِ ٱلۡيَهُودُ عُزَيۡرٌ ٱبۡنُ ٱللَّهِ وَقَالَتِ ٱلنَّصَـٰرَى ٱلۡمَسِيحُ ٱبۡنُ ٱللَّهِۖ ذَٰلِكَ قَوۡلُهُم بِأَفۡوَٰهِهِمۡۖ يُضَٰهِـُٔونَ قَوۡلَ ٱلَّذِينَ كَفَرُواْ مِن قَبۡلُۚ قَـٰتَلَهُمُ ٱللَّهُۚ أَنَّىٰ يُؤۡفَكُونَ﴾

މާނައީ: “އަދި يهودي ން ބުނެއެވެ. عُزَيْرُ އަކީ ﷲ ގެ ދަރިކަލުންނެވެ. އަދި نصارى އިން ބުނެއެވެ. المسيح يعني: عيسى (عليه السّلام) އަކީ ﷲ ގެ ދަރިކަލުންނެވެ. އެއީ ހަމަ އެމީހުންގެ އަނގަތަކުން ބުނާ (ހުސްދޮގު) ބަހެކެވެ. މީގެކުރީގެ ކާފަރުންގެ ބަހާއި މިބައިމީހުންގެ ބަހާއި ހަމަ އެއްގޮތެވެ. ﷲ تعالى އެމީހުންނަށް لعنة ލައްވާށިއެވެ! އެމީހުން ހަލާކުކުރައްވާނެތެވެ! އެމީހުން އެކަލާނގެ ރަސްކަންފުޅާއިމެދު އެހާބޮޑު ދޮގުހަދަންވާނީ ކޮންފަދައަކުންހެއްޔެވެ؟ (އައްތައުބާ: 30)

ވީމާ މުސްލިމުން ދަންނަންޖެހޭ ކަމަކީ: ޝިރުކާއި، ކުފުރާއި ބުދުތަކަށް އަޅުކަންކޮށްގެން، މާތް ﷲ އެކަލާނގެ ދީނަށް ނަޞްރު ނުދެއްވާނެ ކަމެވެ.

އީމާންކަމުގެ ވަރުގަދަކަމާއި ﷲގެ މަގުގައި ކުރެވޭ ޖިހާދުން މެނުވީ ޤުދުސް އަނބުރާ ނުލިބޭނެކަން

ޚުޠުބާގައި ބަޔާންކޮށްފައިވާ ފަދައިން: ބާރުގެ (އީމާންކަމާއި، ޝައުޢީ ޖިހާދު) ބޭނުންކޮށްގެން މެނުވީ ޔަހޫދީން ޤުދުސްއެއް ދޫނުކުރާނެއެވެ.

މީގެ މާނައަކީ ހަމައެކަނި ހަޅޭއްލެވުމަކުން ނުވަތަ ޖަޒުބާތީވުމަކުން މިނިވަންކަމެއް ނުލިބޭނެ ކަމެވެ. ބާރުވެރިކަން ތައްޔާރުކުރުމަށް މާތް ﷲ މުސްލިމުންނަށް އަމުރުކުރައްވާފައިވެއެވެ. ﴿وَأَعِدُّوا لَهُم مَّا ٱسْتَطَعْتُم مِّن قُوَّةٍ﴾ މާނައީ: “އަދި ތިޔަބައިމީހުންނަށް ކުޅަދާނަވީ ބާރެއް އެމީހުންނާ ދެކޮޅަށް ތައްޔާރުކުރާށެވެ.” (އަލްއަންފާލު: 60)

މުސްލިމުންގެ އެންމެ ބޮޑު ބާރަކީ ތައުޙީދާއި، ސުންނަތާއި، ޞަޙާބީންގެ ޢަޤީދާ އުނގެނި، އެއަށް ޢަމަލުކުރުމެވެ. އެއަށްފަހު ދީންމަތީ ސާބިތުވެ ތިބުމާއި، ޙައްޤުގެ މައްޗަށް އެއްބައިވުމާއި، އަސްކަރީ ބާރުވެރިކަން ތައްޔާރުކުރުމެވެ. ޢަމަލީގޮތުން ޖިހާދުކުރުން އޮތީ މުސްލިމުން އެކަމަށް ތައްޔާރުވެ، ކުޅަދާނަކަން ލިބުމުންނެވެ. ﷲގެ މަގުގައި ކުރެވޭ މި ޝަރުޢީ މަސައްކަތަށް ބޭނުންވަނީ ތައްޔާރުވުމާއި، އަދަބުވެރިކަމާއި، ޤުރުއާނާއި ސުންނަތުގެ އިރުޝާދުތަކަށް ކިޔަމަންތެރިވުމެވެ.

ދަލީލެއް ނެތި މީހަކީ “ޝަހީދެއް” ކަމަށް ނުނިންމުން

މިއަދު ގިނަ ބަޔަކު ޢަލީ ޚާމަނާއީ ފަދަ ލީޑަރުންނަށް ތަޢުރީފުކޮށް ބުނެއެވެ.

“އޭނާ މަރުވީ ޝަހީދެއްގެ ގޮތުގައެވެ.” “އޭނާއަކީ ވަލީވެރިއެކެވެ.” “އޭނާ ފަލަސްޠީނުގެ ދިފާޢުގައި މަސައްކަތްކުރިއެވެ.”

މިފަދަ ތަޢުރީފުތައް ގިނައިން އަންނަނީ ޒައިނިސްޓުންގެ ޖަރީމާތަކާ މެދު ހުންނަ ރުޅިވެރިކަމުގެ ސަބަބުންނެވެ. ނަމަވެސް އިސްލާމްދީން އުނގަންނައިދެނީ ކަންކަމުގައި ޙައްޤު ގޮތުގައި ޙުކުމް ކުރުމަށެވެ. އީރާނުގެ ސަރުކާރަކީ ގިނަ އަހަރުތަކެއް ވަންދެން ތަފާތު ތަންތަނުގައި އެތަކެއް މުސްލިމުންނަށް އަނިޔާކޮށް، މަރާފައިވާ ބައެއްކަން މީހުން ހަނދާން ނެތެނީއެވެ. އިރާނު ދަޥްލަތް ޤާއިމްކުރެވުނީ މިލިއަނުން ސުންނީ މުސްލިމުން ޤަތުލުކޮށްފައެވެ. ޔަހޫދީން މިޒަމާނުގައި މުސްލިމުން ޤަތުލުކުރި އަދަދަށްވުރެ ގިނައިން ރާފިޟީން މުސްލިމުން ޤަތުލުކޮށްފައިވެއެވެ. އަދި  ޢަލީ ޚާމަނާއީ ސީރިއާގެ އެތަކެއް އަންހެނުންނާއި ކުޑަކުދިންގެ ޤަތުލު ޢާންމުގައި ބައްޝާރުލް އަސަދުއަށް އެންމެ ބޮޑު އެއްބާރުލުމެއްދިން ޤައްދާރެކެވެ. އެހެންކަމުން މީހަކަށް ތަޢުރީފުކުރުމުގައި ނުވަތަ ތާއީދުކުރުމުގައި މުސްލިމުން ހައްދުފަހަނަޅައި ގޮސްގެން ނުވާނެއެވެ.

ސަލަފުއްޞާލިޙުންގެ ޞަޙާބީންގެ ޢަޤީދާއާ ބެހޭގޮތުން އިމާމް އަޙްމަދު ބިން ޙަންބަލް ‘އުޞޫލުއް ސުންނާ’ ގައި ވިދާޅުވެފައިވެއެވެ.

وَلَا نَشْهَدُ لِأَحَدٍ مِنْ أَهْلِ الْقِبْلَةِ بِالْجَنَّةِ وَلَا بِالنَّارِ، إِلَّا مَنْ شَهِدَ لَهُ رَسُولُ اللَّهِ ﷺ، وَلَكِنْ نَرْجُو لِلْمُحْسِنِ وَنَخَافُ عَلَى الْمُسِيءِ.

“ޤިބުލައިގެ އަހުލުވެރިންގެ ތެރެއިން އެއްވެސް މީހަކަށް ސުވަރުގެވެރިއެއް ނުވަތަ ނަރަކަވެރިއެއް ކަމަށް ރަސޫލާ ﷺ އެމީހަކާ މެދު ހެކިވެވަޑައިގެންފައިވާ މީހަކަށް މެނުވީ އަހަރެމެން ހެކިނުވަމެވެ. އެހެނަސް ހެޔޮލަފާ މީހާއަށް (ހެޔޮ ޖަޒާ ލިބުމަށް) އުއްމީދުކުރަމެވެ. އަދި ނުބައިކަންކަން ކުރާ މީހާއާ މެދު ބިރުވެތިވަމެވެ.”

ވީމާ، ޤުރުއާނުން ނުވަތަ ސުންނަތުން ސާފު ދަލީލެއް ނެތި، ވަކިވަކި ފަރުދުންނަކީ ޝަހީދުން ކަމަށް ނުވަތަ ސުވަރުގެވެރިން ކަމަށް މުސްލިމުން ކަނޑައެއް ނާޅާނެއެވެ. ރާފިޟީންނާ ބެހޭގޮތުން އަހުލުއްސުންނަތި ވަލް-ޖަމާޢަތުގެ ޢިލްމުވެރިން، ހަދީޘްގެ އަޞްޙާބުން ބަޔާންކުރައްވަނީ، އެމީހުންގެ ޢަޤީދާގައި ބޮޑެތި ޝިރުކުތަކާއި ކުފުރުގެ ކަންކަން ހިމެނޭ ކަމަށެވެ. މިސާލަކަށް ޢަލީގެފާނާ މެދު ހައްދުފަހަނައަޅައި ދިއުމާއި، ގިނަ ޞަޙާބީން ކާފަރުކޮށް، އިސްލާމްދީނުން ބޭރުކޮށް، ޞަޙާބީންނަށް ލަޢުނަތް ދިނުން، އުންމަތުގެ މަންމައިންނަށް ލަޢުނަތްދީ، ޒިނޭގެ ތުހުމަތު އެޅުވުން ފަދަ ކަންކަމެވެ. މި ސަބަބަށްޓަކައި، އެފަދަ ޖަމާޢަތްތަކަކީ ޤިބުލައިގެ އަހުލުވެރިންގެ ތެރޭގައި ހިމެނޭ ބައެއް ނޫންކަން ޢިލްމުވެރިން ވަނީ ސާފުކޮށްދެއްވާފައެވެ.

މި މައްސަލައިގައި އަހަރެމެން ތަބާވާންވީ ޤުރުއާނާއި، ސުންނަތާއި، ސަލަފުއްޞާލިޙުންގެ މަންހަޖަށެވެ.

ޖަޒުބާތުގެ ސަބަބުން ބާޠިލަށް ތާއީދު ނުކުރާށެވެ! ޤުރުއާނާއި ސުންނަތަށް ތަބާވާށެވެ!

މުސްލިމަކު ތާއީދުކުރަންވާނީ ޤުރުއާނާއި ސުންނަތުގައިވާ ޙައްޤު ގޮތަށެވެ. އަދި އެއާ ޚިލާފުވާ ކޮންމެ ކަމެއް ރައްދުކުރަންވާނެއެވެ. ނަޞްރު ލިބުންވަނީ ތައުޙީދާއި، ﷲ އަށް ކިޔަމަންތެރިވުމާއި، ބާރުވެރިކަން ތައްޔާރުކުރުމާއި، އިސްލާމީ އިރުޝާދުތަކަށް ތަބާވެގެންނެވެ.

މުސްލިމުންނަށް ނަޞްރު ލިބޭނީ ކާފިރު ޤައުމުތަކުގެ ގޮތްތަކަށް ތަބާވެގެން، ނުވަތަ އެމީހުންގެ ލީޑަރުންނަށް ތަޢުރީފުކޮށްގެން، ނުވަތަ ޤުރުއާނާއި ސުންނަތް ދޫކޮށް އެމީހުންގެ ބާޠިލު ޢަޤީދާތަކުން ބާރުވެރިކަން ހޯދައިގެން ކަމަށް ހީކުރާ މީހާ ވަނީ ނުރައްކާތެރި ކުށްހީއެއްގައެވެ.

އެފަދަ މީހަކީ އޮޅުމެއްގެ ތެރޭގައިވާ މީހެކެވެ. ސަބަބަކީ ޢިއްޒަތާއި ނަޞްރު ލިބެނީ ހަމައެކަނި ﷲގެ حضرة އިންކަން ޤުރުއާނާއި ސުންނަތުން އެނގެން އޮތުމެވެ. މާތް ﷲ ވާހަކަފުޅުދައްކާވޮޑިގަންނަވައި ބަސްފުޅު ވަޙީކުރެއްވިއެވެ. ﴿وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِمُؤْمِنِينَ﴾ މާނައީ: “ޢިއްޒަތްވަނީ ﷲ އަށާއި، އެކަލާނގެ ރަސޫލާއަށާއި، މުއުމިނުންނަށެވެ.” (އަލްމުނާފިޤޫން: 8)

ވީމާ، މުސްލިމުން ނަޞްރު ހޯދަންވީ ކުފުރުގެ މަގުތަކުންނެއް ނޫނެވެ. ނަމަވެސް ޤުރުއާނާއި، ސުންނަތާއި، ސަލަފުއްޞާލިޙުންގެ މަގުންނެވެ.

ޢަދުއްވުންގެ ފިކުރުތަކަށް ލޯބިކުރަމުން އެމީހުން މުސްލިމުންގެ ބިންތަކުން ބޭރުކުރުމަކީ އޮތް ފުށުއެރުމެއް

އަހަރެމެންގެ ބިންތަކުން ﷲގެ ދުޝްމަނުން ބޭރުކުރަން މަސައްކަތްކުރާ ހިނދު، އެމީހުންގެ ނުބައި ވިސްނުންތަކަށް ލޯބިކޮށް، އެމީހުންގެ ނުބައި އަޚްލާޤު ކޮޕީކޮށްގެން އަހަރެމެންގެ ހިތްތަކުގައި އެމީހުން ބައިތިއްބާނަމަ، އެއީ އިދިކޮޅު ދެކަމެއް އެއްކުރަން އުޅުން ފަދަ ކަމެކެވެ. ބައެއް މުސްލިމުން އިސްލާމްދީނަށް ނަޞްރު ބޭނުންވާ ކަމަށް ބުނާއިރު، ހަމައެވަގުތު ކާފިރު ޤައުމުތަކުގެ ނިޒާމުތަކާއި ގޮތްތަކަށް ލޯބިކުރެއެވެ.

މިސާލަކަށް:

  1. ﷲގެ ޙުކުމްފުޅުގެ ބަދަލުގައި، މީސްތަކުންގެ ވެރިކަން އޮންނަ ޑިމޮކްރަސީއަށް ލޯބިކުރުން.
  2. ﷲގެ ޝަރީޢަތުގެ ބަދަލުގައި، އިންސާނުން ހަދާފައިވާ ޤާނޫނުތައް ބަލައިގަތުން.
  3. ޣައިރު މުސްލިމް ޤައުމުތަކުން ނަގާފައިވާ ޕާޓީ ސިސްޓަމްތަކާއި ސިޔާސީ ބައިބައިވުންތަކަށް ތަބާވުން.
  4. އެމީހުންގެ ޚިޔާލުތަކާއި، ސަގާފަތާއި، ދިރިއުޅުމުގެ ގޮތްތައް ކޮޕީކުރުން.

މުސްލިމުން ﷲގެ ޙުކުމްތައް ދޫކޮށްލާފައި، ކާފިރުންގެ ނިޒާމުތަކަށް ތަބާވެ ތިބެ، ﷲގެ حضرة އިން ނަޞްރަށް އުއްމީދުކުރުމަކީ ފުށުއަރާ ކަމެކެވެ.

ﷲގެ ދީނާ ދެކޮޅުވެރިވާ މީހުންގެ ގޮތްތަކަށް ތަބާވެގެން ދުވަހަކުވެސް ނަޞްރެއް ނުލިބޭނެއެވެ. ނަޞްރު ލިބޭނީ މުސްލިމުން އެކަލާނގެ ފޮތަށް ރުޖޫޢަވެ، ރަސޫލާ ﷺ ގެ ސުންނަތަށް ތަބާވެ، ތައުޙީދު ޤާއިމުކޮށް، ﷲގެ ޝަރީޢަތަށް ޙުކުމް ކުރުމުންނެވެ. ބޭރުފުށުން ދުޝްމަނުން ބޭރުކުރަން އުޅޭއިރު، އެމީހުންގެ ފިކުރުތަކާއި ނިޒާމުތައް އަހަރެމެންގެ މުޖުތަމަޢުތަކުގެ ތެރޭގައި ބޭއްވުމަކީ ދުވަހަކުވެސް ޙަޤީޤީ ނަޞްރަކާ ހަމައަށް ވާޞިލުނުވެވޭނެ، މުސްތަޙީލު މަގަކުން ހިނގުމެވެ.

ޝެއިޚުގެ ބަސްކޮޅު އަރަބިން

« لٰكِنَّنَا نَعْلَمُ أَنَّهُمْ مُصِرُّونَ عَلَى احْتِلَالِهِمْ لِلْمَسْجِدِ الْأَقْصَى، وَلَقَدْ قَالَتْ رَئِيسَةُ وُزَرَائِهِمْ حِينَ تَحَدَّثَتْ عَنْ احْتِلَالِهِمْ لَهُ فِيمَا بَلَغَنَا: إِنْ كَانَ مِنَ الْجَائِزِ أَنْ تَتَنَازَلَ إِسْرَائِيلُ عَنْ تَلِّ أَبِيبَ فَلَيْسَ مِنَ الْجَائِزِ أَنْ تَتَنَازَلَ عَنْ أُورُشَلِيمَ الْقُدْسِ. أَقُولُ: نَعَمْ، لَنْ يَتَنَازَلَ الْيَهُودُ عَنِ الْقُدْسِ إِلَّا بِالْقُوَّةِ، وَلَا قُوَّةَ إِلَّا بِنَصْرٍ مِنَ اللَّهِ عَزَّ وَجَلَّ، وَلَا نَصْرَ مِنْ عِنْدِ اللَّهِ إِلَّا بِنَصْرِ دِينِهِ. هٰكَذَا يَقُولُ اللَّهُ تَعَالَى: ﴿يَا أَيُّهَا الَّذِينَ آمَنُوا إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ﴾. إِنَّ نَصْرَ اللَّهِ عَزَّ وَجَلَّ لَا يَكُونُ إِلَّا بِعِبَادَتِهِ وَالتَّمَسُّكِ بِشَرِيعَتِهِ ظَاهِرًا وَبَاطِنًا، وَالِاسْتِعَانَةِ بِهِ، وَإِعْدَادِ مَا أُمِرَ بِهِ مِنَ الْقُوَّةِ الْمَادِّيَّةِ وَالْمَعْنَوِيَّةِ بِكُلِّ مَا نَسْتَطِيعُ، ثُمَّ الْقِتَالِ مِنْ أَجْلِ أَنْ تَكُونَ كَلِمَةُ اللَّهِ هِيَ الْعُلْيَا. أَيُّهَا الْمُسْلِمُونَ، أَمَّا أَنْ نُحَاوِلَ طَرْدَ أَعْدَاءِ اللَّهِ مِنْ بِلَادِنَا ثُمَّ نُسْكِنَهُمْ قُلُوبَنَا بِالْمَيْلِ إِلَى مُنْحَرِفِ أَفْكَارِهِمْ وَالتَّلَطُّخِ بِسَافِلِ أَخْلَاقِهِمْ، وَأَمَّا أَنْ نُحَاوِلَ طَرْدَهُمْ مِنْ بِلَادِنَا ثُمَّ نُلَازِقَهُمْ رِجَالَ مُسْتَقْبَلِ أُمَّتِنَا يَتَجَرَّعُونَ أَوْ يَسْتَمْرِئُونَ صَدِيدَ أَفْكَارِهِمْ ثُمَّ يَرْجِعُونَ يَتَقَيَّؤُونَهُ بَيْنَنَا، وَأَمَّا أَنْ نُحَاوِلَ طَرْدَهُمْ مِنْ بِلَادِنَا ثُمَّ نَسْتَقْبِلَ مَا يَرِدُ مِنْهُمْ مِنْ أَفْلَامٍ فَاتِنَةٍ وَصُحُفٍ مُضِلَّةٍ، وَأَمَّا أَنْ نُحَاوِلَ طَرْدَهُمْ مِنْ بِلَادِنَا وَنَحْنُ نُمَارِسُ هٰذِهِ الْأُمُورَ، فَإِنَّ ذٰلِكَ مِنْ مُحَاوَلَةِ الْجَمْعِ بَيْنَ النَّقِيضَيْنِ، وَكُلُّ مَنْ حَاوَلَ ذٰلِكَ فَقَدْ سَلَكَ مَسْلَكًا غَيْرَ سَلِيمٍ.»


وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ. غَفَرَ اللَّهُ لِوَالِدَيَّ وَلِجَمِيعِ الْمُسْلِمِينَ، وَرَحِمَ اللَّهُ وَالِدِي رَحْمَةً وَاسِعَةً، وَأَسْكَنَهُ فَسِيحَ جَنَّاتِهِ. وَوَفَّقَنَا اللَّهُ وَإِيَّاكُمْ لِمَا يُحِبُّ وَيَرْضَى.

…..

عَبْدٌ فَقِيرٌ إِلَى عَفْوِ رَبِّهِ، أَسْأَلُ اللَّهَ أَنْ يُوَفِّقَنِي لِمَا يُحِبُّ وَيَرْضَى، وَأَنْ يَجْعَلَهُ خَالِصًا لِوَجْهِهِ الْكَرِيمِ.