މުސްލިމުންގެ މައްޗަށް ޚަވާރިޖުންގެ ގެއްލުމާއި ނުބައިކަން، ޔަހޫދީންނާއި ނަޞާރާއިންނަށްވުރެ ބޮޑުވެގެންވެއެވެ! – އިބްނު ތައިމިއްޔާ
💎 شَيْخُ الإِسْلَامِ ابْنُ تَيْمِيَّةَ رَحِمَهُ اللَّهُ ވިދާޅުވިއެވެ.
“އަދި އެބައިމީހުންނާ (ޚަވާރިޖުންނާ) ބެހޭގޮތުން ރިވާވެގެންވާ ގޮތުގައި: «شَرُّ قَتْلَى تَحْتَ أَدِيمِ السَّمَاءِ، خَيْرُ قَتِيلٍ مَنْ قَتَلُوهُ» “އުޑުގެ ހިޔަލުގެ ދަށުގައިވާ އެންމެ ނުބައި ގަތުލުވެވޭ މީހުންނަކީ އެބައިމީހުންނެވެ. އަދި އެންމެ ހެޔޮ ގަތުލުވެވޭ މީހަކީ އެބައިމީހުން (ޚަވާރިޖުން) ގަތުލުކުރި މީހާއެވެ.“ މިއީ އަބޫ އުމާމާ ރިވާކުރައްވާފައިވާ ޙަދީޘެއްގައެވެ. މި ޙަދީޘް ތިރުމިޛީ އާއި އެހެން ބޭކަލުން ރިވާކުރައްވާފައިވެއެވެ. މީގެ މާނައަކީ: އެބައިމީހުންނަކީ އެހެން މީހުންނަށްވުރެ މުސްލިމުންގެ މައްޗަށް ނުބައިކަން ބޮޑު ބައެކެވެ. ހަމަކަށަވަރުން، މުސްލިމުންގެ މައްޗަށް އެބައިމީހުންނަށްވުރެ ނުބައިކަން ބޮޑު އެހެން ބަޔަކު ނުވެއެވެ. ޔަހޫދީންނެއްވެސް އަދި ނަޞާރާއިންނެއްވެސް މެއެވެ. އެހެނީ، އެބައިމީހުންނާ އެއްބަސްނުވާ ކޮންމެ މުސްލިމަކު މަރާލުމަށް އެބައިމީހުން އިޖުތިހާދުކޮށް (މަސައްކަތްކޮށް) އުޅުނެވެ. މުސްލިމުންނަކީ ކާފަރުން ކަމުގައި ކަނޑައަޅައި، އެބައިމީހުންގެ ލެޔާއި، މުދަލާއި، ދަރިން މެރުން ޙަލާލުކޮށްގެން އުޅުނެވެ. އަދި އެބައިމީހުންގެ ޖާހިލުކަމުގެ ބޮޑުކަމާއި، މަގުފުރެދިފައިވާ ބިދުޢައިގެ ސަބަބުން، އެކަންކަމަކީ ދީނީ ގޮތުން ކުރަންޖެހޭ އަޅުކަމެއް ކަމުގައި އެބައިމީހުން ދެކިގެން އުޅުނެވެ.“
💎 މަޞްދަރު: (މިންހާޖުއް ސުންނާ އަން-ނަބަވިއްޔާ 5/248)
«وَمَا رُوِيَ مِنْ أَنَّهُمْ: «شَرُّ قَتْلَى تَحْتَ أَدِيمِ السَّمَاءِ، خَيْرُ قَتِيلٍ مَنْ قَتَلُوهُ» فِي الْحَدِيثِ الَّذِي رَوَاهُ أَبُو أُمَامَةَ، رَوَاهُ التِّرْمِذِيُّ وَغَيْرُهُ. أَيْ: أَنَّهُمْ شَرٌّ عَلَى الْمُسْلِمِينَ مِنْ غَيْرِهِمْ، فَإِنَّهُمْ لَمْ يَكُنْ أَحَدٌ شَرًّا عَلَى الْمُسْلِمِينَ مِنْهُمْ، لَا الْيَهُودُ وَلَا النَّصَارَى؛ فَإِنَّهُمْ كَانُوا مُجْتَهِدِينَ فِي قَتْلِ كُلِّ مُسْلِمٍ لَمْ يُوَافِقْهُمْ، مُسْتَحِلِّينَ لِدِمَاءِ الْمُسْلِمِينَ وَأَمْوَالِهِمْ، وَقَتْلِ أَوْلَادِهِمْ، مُكَفِّرِينَ لَهُمْ، وَكَانُوا مُتَدَيِّنِينَ بِذَلِكَ، لِعِظَمِ جَهْلِهِمْ وَبِدْعَتِهِمُ الْمُضِلَّةِ.(منهاج السُّنَّة النَّبَوِيَّة ٥/٢٤٨)»





