ކޯފާލެއްވިގެންވާ ޔަހޫދީ އުންމަތަށް ދެވޭ އިންޒާރުގެ ގޮވުމެއް – ސަލަފީ ޝެއިޚް އައްލާމާ އިމާމް ރަބީޢު ބިން ހާދީ އަލްމަދްޚަލީ رحمه الله
الشَّيْخُ العلاَّمَة رَبِيعُ بن هَادِي المَدْخَلي رحمه الله ވިދާޅުވިއެވެ. “ﷲ ގެ ކޯފާ އެއުންމަތެއްގެ މައްޗަށް އައިސްފައިވާ މީހުންނަށް ބުނަމެވެ. އެމީހުންނާމެދު ﷲ ވަޙީކުރެއްވިއެވެ.
﴿ فَبَاءُوا بِغَضَبٍ عَلَىٰ غَضَبٍ ۚ وَلِلْكَافِرِينَ عَذَابٌ مُّهِينٌ ٩٠﴾ [سورة البقرة] މާނައީ: “ކޯފާގެ މައްޗަށް ކޯފާ އެބައިމީހުން ލިބިގެންފިއެވެ. އަދި އަދި ކާފަރުންނަށްހުރީ އިހާނާތްތެރިވެގެންވާ عَذَاب އެވެ.”
ކުޑައިމީސްކަމާއި ނިކަމެތިކަން ލިބިގެންވާ އުންމަތައް ބުނަމެވެ. އެބައިމީހުންނީ އެމީހުން ނަބީބޭކަލުން ޤަތުލުކޮށް ހެދުމުގެ ސަބަބުން ނިކަމެތިކަމާއި ލަދުވެތިކަން އެބައިމީހުންގެ މައްޗަށް ﷲ ޖެއްސެވިމީހުންނެވެ.
﴿ضُرِبَتْ عَلَيْهِمُ الذِّلَّةُ أَيْنَ مَا ثُقِفُوا إِلَّا بِحَبْلٍ مِّنَ اللَّهِ وَحَبْلٍ مِّنَ النَّاسِ وَبَاءُوا بِغَضَبٍ مِّنَ اللَّهِ وَضُرِبَتْ عَلَيْهِمُ الْمَسْكَنَةُ ۚ ذَٰلِكَ بِأَنَّهُمْ كَانُوا يَكْفُرُونَ بِآيَاتِ اللَّهِ وَيَقْتُلُونَ الْأَنبِيَاءَ بِغَيْرِ حَقٍّ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ١١٢﴾ [سورة آل عمران]މާނައީ: [ﷲ ގެ ރައްކާތެރިކަން އަދި މީސްތަކުންގެ ރައްކާތެރިކަން ލިބިގެންނޫނީއެބައިމީހުން ކޮންމެ ތަނެއްގައި ތިބިކަމުގައިވިޔަސް އެބައިމީހުންގެ މައްޗަށް ވަނީ ނިކަމެތިކަން ޖެހިފައެވެ. އަދި އެމީހުންވަނީ ﷲ ގެ ކޯފާ ލިބިގެންފައެވެ. އަދި އެމީހުންގެ މައްޗަށް ނިކަމެތިކަން ޖެއްސެވިއެވެ. އެހެން އެކަންވީ އެމީހުން ﷲ ގެ އާޔަތްތަކަށް ކާފަރުވެ ޙައްޤަކާއި ނުލައި ނަބީބޭކަލުން ޤަތުލު ކުރުމުގެ ސަބަބުންނެވެ. އެއީ އެބައިމީހުން (ﷲއަށް) ނުކިޔަމަންތެރިވެ އިދިކޮޅުހަދާ ޢަދާވާތްތެރިވުމުގެ ސަބަބުންނެވެ.]
ފަހެ މިއީ ކަލޭމެންނަށް ނިކަމެތިކަމާއި ދަށުދަރަޖައާއި ﷲ ގެ ކޯފާ ފާވެގެންދިއުމަށް މެދުވެރިވި ބައެއް ސިފަތަކެވެ. ކަލޭމެންނަކަށް ﷲ ގެ ވާގިފުޅާލައިގެން މެނުވީ އަދި މީސްތަކުންގެ އެހީތެރިކަމާއެކުގައި މެނުވީ މިއަދާ ހަމައަށްވެސް އަދި ޤިޔާމަތް ދުވަހާއި ޖެހެންދެންވެސް ކަލޭމެންނަށް ބާރުވެރިކަން ލިބި ތެދުނުވެވޭ ހުއްޓެވެ. ތިޔަބައިމީހުންނަކަށް އީމާންކަމަކުން އަދި ޢަޤީދާއަކުން ލިބޭނެ އެއްވެސް އެހީތެރިކަމެއް ނުވެއެވެ. އަދި ފިރިހެންވަންތަކަމާއި ކެރުމާއި ހިތްވަރުގަދަކަން ލިބިގެންވާ ބައެއްވެސް ނޫނެވެ. އަބަދުވެސް ކަލޭމެން ހަނގުރާމަކޮށް އުޅެނީ ފާރުގެ ބިއްދަށުގައި ތިބެގެންނެވެ. ކަލޭމެންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެގެންވެއެވެ. ހަމަކަށަވަރުން ކަލޭމެންގެ ނުބައިނުލަފާވެގެންވާ ސިފަތައް ގިނަގުނައެވެ. އޭގެ ތެރޭގައި: ޚިޔާނާތްތެރިކަން، މަކަރުހެދުމާއި އޮޅުވާލުން، ފިތުނަފަސާދަ އުފެއްދުން، ހަނގުރާމައިގެ ހުޅުގަނޑު ރޯކުރުން، ދުނިޔެމަތީގައި ފަސާދަކުރަމުން ދުވުން ހިމެނެއެވެ. އަދި ކޮންމެފަހަރަކު ކަލޭމެން ހަނގުރާމައިގެ ހުޅުގަނޑު ރޯކުރުމާއެކު ﷲ އެ ނިއްވަވާލައްވައެވެ. އަދި ޝައްކެއް ނެތް ގޮތުގައި ކަލޭމެންގެ ތަރީޚަކީ ކަޅުއަނދިރި ތާރީޚެކެވެ. އަދި ހުރިހާ އުންމަތް ތަކެއްގެ މީހުންވެސް ކަލޭމެންގެ އެކަންކަން ރަނގަޅަށް ދަންނާނެއެވެ.
މި (ބުނެވިދިޔަ) އުންމަތަށް އަހަރެން ބުނަމެވެ. – އަދި ކޮންމެ ތެދުވެރި މުސްލިމަކުވެސް އެފަދައިން ބުނާނެއެވެ. – ކަލޭމެން ބޮޑާވެނުގަންނާށެވެ. އަދި އުފާނުކުރާށެވެ. އަދި ކަލޭމެންނަށް ޙާޞިލުވެފައިވާ ޙަޤީޤަތް ނޭނގޭ ނަޞްރާމެދު އޮޅިގެން ނުދާށެވެ. ހަމަކަށަވަރުން ﷲ ގަންދީބުނަމެވެ. މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ލަޝްކަރުގެ މައްޗަށް ކަލޭމެންނަކަށް ނަޞްރެއް ނުލިބެއެވެ. އަދި މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޢަޤީދާގެ މައްޗަށްވެސް (ކަލޭމެންނަށް ނަޞްރެއް ނުލިބެއެވެ). އެޢަޤީދާއަކީ “ﷲ ފިޔަވާ އަޅުކަންކުރުން ޙައްޤުވެގެން ނުވާކަމަށް” (ގޮވާލެވޭ ޢަޤީދާ) އެވެ. އަދި އެފަދަ ނަމޫނާ މީހުން ކޮމާންޑުކުރި ލަޝްކަރުގެ މައްޗަށްވެސް ކަލޭމެންނަށް ނަޞްރެއް ނުލިބެއެވެ: خالد بن وليد، أبو عبيدة بن الجراح، سعد بن أبي وقاص، عمرو بن العاص النعمان بن مقرن ފަދަ މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޢަޤީދާގެ މަތީގައި އަދި މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މަންހަޖުގެ މަތީގައި ތަރުބިއްޔަތުވެ އަދި އެގޮތުގެ މަތީގައި އެބައިމީހުންގެ ލަޝްކަރުތައް ތައްޔާރުކޮށް ތަރުބިއްޔަކުރެއްވި އެއްވެސް ބޭކަލެކެވެ. އަދި އެބައިމީހުން ހަނގުރާމައަށް ދިޔައީ ﷲ ގެ ކަލިމަ މަތިވެރި ކުރުމަށެވެ. އެހެންވުމުން އެބައިމީހުންގެ ކުރިމަތީގައި ކިސްރާމެން އަދި ޤައިޞަރުމެން ފަދަ ކަލޭމެންނަށް ވުރެ ވަރުގަދަ ހިތްވަރުގަދަ ލަޝްކަރުތަކަށްވެސް މަޑުކޮށް ނުލެވުނެވެ.
މިފަދަ ޙާލެއްގައިވާ، މިފަދަ ޢަޤީދާއެއްގައިވާ އަދި މިފަދަ މަންހަޖެއްގައިވާ، އަދި އެބައެއްގެ ހަނގުރާމައިގެ މަޤްޞަދަކީ ﷲ ގެ ކަލިމަ މަތިވެރިކުރުން ކަމުގައިވާ، ލަޝްކަރެއްގެ މައްޗަށް ކަލޭމެންނަށް ކާމިޔާބެއް ނުވެވޭ ހުއްޓެވެ. އެހެންނަމަވެސް ކަލޭމެންނަށް ކާމިޔާބު ލިބުނީ ފަހުން އައިމީހުންނަށެވެ.
﴿۞ فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا ٥٩﴾ [ سورة مريم] މާނައީ: [ދެން ފަހުން ނުބައިވެގެންވީ ނަމާދު އަޅާ ޝަހްވާނީ އެދުންތަކަށް ތަބަޢަވީ ބަޔަކު އައެވެ. ފަހެ އެބައިމީހުން ގެއްލުން ދެނިވި ނުބައިވެގެންވާ ނަރަކައަށް އެއްލާލެވޭނެއެވެ.]
ކަލޭމެންނަށް ކާމިޔާބު ލިބުނީ އެބައެއްގެ ތެރޭގައިވި ގިނަމީހުންނީ މުޙައްމަދު އަދި އެނަބިއްޔާގެ އަޞްޙާބުންގެ ޢަޤީދާގައި ނުވި އަދި އެނަބިއްޔާ އާއި އެނަބިއްޔާގެ ލަޝްކަރުގެ މަންހަޖުގައި ނުވި، އަދި އެބައިމީހުން ޖިހާދު ކުރި މަޤްޞަދު ނޫން މަޤްޞަދެއްގައި ތިބި ލަޝްކަރެއްގެ މައްޗަށެވެ. ކަލޭމެންނަށް ކާމިޔާބު ލިބުނީ ފޮނުގަނޑެއްގެ ފަދަ މީހުންގެ މައްޗަށެވެ. އަދި ކަލޭމެންގެ ދައުލަތް އުފެދުނީ އެމީހުންގެ (ހެޔޮޢަމަލުތައް) ދޫކޮށް އެމީހުންގެ ބަލިކަށި ކަމުގެ ސަބަބުންނެވެ. ދެން ކަލޭމެން ދުނިޔެމަތީގައި ބޮޑާވެގަތެވެ. އަދި އެތަނުގައި އެކަމުގެ ބޭނުންހިފާ ފަސާދަ ފެތުރިއެވެ.
﴿وَقَضَيْنَا إِلَىٰ بَنِي إِسْرَائِيلَ فِي الْكِتَابِ لَتُفْسِدُنَّ فِي الْأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيرًا ٤﴾ ﴿فَإِذَا جَاءَ وَعْدُ أُولَاهُمَا بَعَثْنَا عَلَيْكُمْ عِبَادًا لَّنَا أُولِي بَأْسٍ شَدِيدٍ فَجَاسُوا خِلَالَ الدِّيَارِ ۚ وَكَانَ وَعْدًا مَّفْعُولًا ٥﴾ ﴿ثُمَّ رَدَدْنَا لَكُمُ الْكَرَّةَ عَلَيْهِمْ وَأَمْدَدْنَاكُم بِأَمْوَالٍ وَبَنِينَ وَجَعَلْنَاكُمْ أَكْثَرَ نَفِيرًا ٦﴾ ﴿إِنْ أَحْسَنتُمْ أَحْسَنتُمْ لِأَنفُسِكُمْ ۖ وَإِنْ أَسَأْتُمْ فَلَهَا ۚ فَإِذَا جَاءَ وَعْدُ الْآخِرَةِ لِيَسُوءُوا وُجُوهَكُمْ وَلِيَدْخُلُوا الْمَسْجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٍ وَلِيُتَبِّرُوا مَا عَلَوْا تَتْبِيرًا ٧﴾ [ سورة الإسراء] މާނައީ: [އަދި ފޮތުގައި އިސްރާއީލުގެ ދަރީންނަށް ކަނޑައަޅުއްވާ ތިމަން އިލާހު އެންގެވީމެވެ. ތިޔަބައިމީހުން ދެފަހަރެއްގެ މަތީން ބިމުގައި ފަސާދަކޮށް އުޅޭނެއެވެ. އަދި ހަމަކަށަވަރުން އަނިޔާވެރިކަން ބޮޑުވެގެންވާ ބޮޑާކަމަކުން ތިޔަބައިމީހުން ބޮޑާވެގަންނާނެއެވެ. އެދެފަހަރުގެ ތެރެއިން ފުރަތަމަ ވަޢުދު އައިހިނދު ތިމަން އިލާހު ތިޔަބައިމީހުންގެ މައްޗަށް ގަދަފަދަވެގެންވާ ހަނގުރާމައެއް ކުޅަ އަޅުންތަކެއް ފޮނުއްވީމެވެ. ދެން އެމީހުން ތިޔަބައިމީހުންގެ ގެތަކުގެ އެންމެ އެތެރެއަށް ވަދެގަތެވެ. އަދި އެއީ އެކަމެއް ވާނެކަމަށް ވެވިފައިވާ ވަޢުދެކެވެ. ދެން އެއަށްފަހު އެބައިމީހުންގެ މައްޗަށް ތިޔަބައިމީހުންނަށް ކާމިޔާބު ތިމަން އިލާހު އަބުރާ ރައްދުކުރެއްވީމެވެ. އަދި މުދަލާ ދަރީން ދެއްވާ ތިމަންއިލާހު ތިޔަބައިމީހުންނަށް އެހީތެރިވެ ވޮޑިގެންނެވީމެވެ. އަދި ތިޔަބައިމީހުންނަކީ ގިނަގުނަވެގެންވާ ބައެއްގެ ގޮތުގައި ތިމަންއިލާހު ތިޔަބައިމީހުން ލެއްވީމުއެވެ. ތިޔަބައިމީހުން ހެޔޮކޮށް ކަންކޮށްފި ނަމަ އެއީ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ވެވޭ ހެޔޮ ކަމެކެވެ. އަދި ތިޔަބައިމީހުން ނުބައިކޮށް ކަންކޮށްފި ނަމަ އެއީ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާ ދެކޮޅަށް ހެދޭ ނުބައެކެވެ. ދެން ދެވަނަ ވަޢުދު އައުމުން ތިޔަބައިމީހުންގެ މޫނުތަކަށް (ތިޔަބައިމީހުންގެ ޢަދާވާތްތެރީން) އިހާނެތިކަން ދިނުމަށާއި އެބައިމީހުން މިސްކިތަށް (ބައިތުލްމަޤްދިސްއަށް) ފުރަތަމަ ފަހަރުވެސް ވަން ފަދައިން ވަނުމަށާއި އެބައިމީހުން ގަދަވެގަން ހުރިހާ ތަނެއް ތަޅާ ސުންނާފަތި ކުރުމަށްޓަކައި (ތިޔަބައިމީހުންގެ ޢަދާވާތްތެރީންނަށް ތިމަން އިލާހު ފުރުސަތު ދެއްވީމުއެވެ).]
ވީމާ މިއީ ތިޔަބައިމީހުންގެ ތާރީޚު އޮތް ގޮތެވެ. އަދި މިއީ ﷲ ތިޔަބައިމީހުންނާ މުޢާމަލާތް ކުރައްވާނެ ގޮތެވެ. އަދި މަޖޫސީންގެ އަތްތަކުން ތިޔަބައިމީހުންނަށް މިކަން ޖެހި ނިމިގޮސްފައިވީ ނަމަވެސް – إن شاء الله – އަދި މިއަށްވުރެ ވަރުގަދަ ގަދަފަދަކަމެއް މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ލަޝްކަރުން ތިޔަބައިމީހުންނަށް ލިބުން އެބައޮތެވެ. އެއީ އިސްލާމްދީނުގެ ލަޝްކަރުންނެވެ. އެއީ ﷲ ގެ ޙަޟްރަތުގައި ތިޔަބައިމީހުންގެ ނިކަމެތި ކަމުގެ ސަބަބުންނާއި އެއިލާހުގެ ޙަޟްރަތުގައި ތިޔަބައިމީހުން ދަށުދަރަޖައިގެ ކަމުން، އެކަމަކާއި މެދު ﷲ ވަޢުދުވެ ވޮޑިގެންނެވި ގޮތުގެ މަތިންނެވެ.
﴿عَسَىٰ رَبُّكُمْ أَن يَرْحَمَكُمْ ۚ وَإِنْ عُدتُّمْ عُدْنَا ۘ وَجَعَلْنَا جَهَنَّمَ لِلْكَافِرِينَ حَصِيرًا ٨﴾ [ سورة الإسراء] މާނައީ: [އަދި ތިޔަބައިމީހުން (ފާފައިގެ ތެރެއަށް) އަނބުރާ އަތުވެއްޖެ ނަމަ ތިމަން އިލާހުވެސް (ތިޔަބައިމީހުންނަށް ޢަޛާބު ދެއްވުމަށް) އެނބުރި އަންނަހުށީމެވެ. އަދި ތިމަންއިލާހު ކާފަރުންނަށް ވަށައިގެން ބަންދުކުރެވިގެންވާ ނަރަކަ ހެއްދެވީމެވެ.]
އަދި މިހާރު ތިޔަބައިމީހުން އަނބުރާ އެގޮތުގެ މައްޗަށް އަތުވެއްޖައީމުއެވެ. ވީމާ ﷲ ގެ ގަދަފަދަ ޢަޛާބު ވެސް އަބުރާ ތިޔަބައިމީހުންނަށްޓަކައި އަންނަ ހުއްޓެވެ. އެއިލާހުއީ ވަޢުދާ ޚިލާފުވެވޮޑި ނުގަންނަވާ އިލާހެވެ. އަދި އެކަންވާނީ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ލަޝްކަރުގެ އަތްމައްޗަށެވެ. އެއްގޮތަކަށްވެސް ކަލޭމެންގެ ފިޔޮއްތަކާއި ހުޅަނގުގެ މާއްދީ ނަޞްރާނީންގެ ފިޔޮއްތަކުގެ އަތްމައްޗަކަށްވެސް ނޫނެވެ. ކަލޭމެންނަށް އޮޅިގެން ނޫޅޭށެވެ. އަދި ކަލޭމެން މަޖާވެގެން އުފާކޮށް ނޫޅޭށެވެ. ފަހެ ﷲ ގަންދީ ބުނަމެވެ. އިސްލާމްދީނުގެ މައްޗަކަށް ކަލޭމެންނަކަށް ކާމިޔާބެއް ނުލިބެއެވެ. އަދި މުޙައްމަދުގެ ލަޝްކަރުގެ މައްޗަކަށްވެސް އަދި الفاروق (عمر بن الخطاب) ގެ ލަޝްކަރުގެ މައްޗަކަށްވެސް އަދި خالد بن وليد ލަޝްކަރުގެ މައްޗަކަށްވެސް އަދި ﷲ ގެ ލަޝްކަރުތަކުގެ ތެރެއިން އަދި އިސްލާމްދީނުގެ ލަޝްކަރުތަކުގެ ތެރެއިން އެޞަޙާބީގެ އަޚުންގެ ލަޝްކަރުތަކުގެ މައްޗަށްވެސް (ކަލޭމެންނަށް ކާމިޔާބު ނުލިބޭހުއްޓެވެ).”


